ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް މާލެ ވަޑައިގެންފި

Jan 5, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހް ނ. އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަތީ އިއްޔެގަ އެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ވަޑައިގަތީ ނ. މާފަރާއި، ލަންދުއާއި، މަނަދުއާއި، މަގޫދޫ އަދި ހޮޅުދޫ އަށެވެ.

ރައީސް ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އިތުރުން ނ. އަތޮޅު ކައުންސިލާ ވެސް ބައްދަލުކުރައްވާފަ އެވެ.

މީގެއިތުރުން ބައެއް ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ވެސް އެމަނިކުފާނު އޮޅުންފިލުއްވި އެވެ. އަދި ލަންދޫ މިސްކިތާއި، ބަނދަރާއި މަގޫދޫގައި އަލަށް އިމާރާތްކޮށްފައިވާ އިންޖީނުގެއާއި ހޮޅުދޫ ފުޓްބޯޅަދަނޑު ވެސް ރަސްމީކޮށް ރައީސް ހުޅުއްވައިދެއްވި އެވެ.