ލައިފްސްޓައިލް

ކެއުމާއި ބުއިމާއި ދިރިއުޅުމުން މާސްޓާޒް ނަގަން ބޭނުންތަ؟

ދިރިއުޅުމުގެ ބޮޑު ބައެއް ކެއުމާއި ބުއިމުގައި ހޭދަ ކުރަން ބޭނުން ވާ މީހުންނަށް މިއީ ވަރަށް ރަނގަޅު ފުރުސަތެކެވެ. ފްރާންސްގެ އެންމެ ކުރީގައި އުޅޭ އެއް ޔުނިވަސިޓީ ކަމަށްވާ ސައިންސަސް ޕޯ ލިލޭ އިން މި ރޮނގުން ކިޔެވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ކެއުމާއި ބުއިމަށް ލޯބިކުރާ މީހުނަށް އެ ޔުނިވަސިޓީން މިހާރު ވަނީ މާސްޓާޒް ޑިގްރީ ކޯހަކަށް ވަނުމަށް ހުޅުވާލާފަ އެވެ.

މި ކޯހުގެ ނަމަކީ ބީއެމްވީ އެވެ. މިއީ "ބޮއިރޭ، މެނޭޖާ، ވިވްރޭ" ކުރުކޮށް ކިޔާ ގޮތެވެ. މި ޑިގްރީ ކޯހުގައި ކިޔަވައިދެނީ ކާނާ އާއި ބުއިންތައް އަދި ދިރިއުޅޭ ގޮތެވެ.

ދަ ޓެލެގްރާފްގައިވާ ހަބަރެއްގައިވާ ގޮތުން ކޯހުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ގެސްޓްރޯ - ޑިޕްލޮމަސީ، ފުޑް ޓެކް އަދި ފައިޓިން ސެކްޒިޒަމް އިން ދަ ކިޗަން ހިމެނެ އެވެ.

ގެސްޓްރޯ - ޑިޕްލޮމަސީ އަކީ ޕޯލް ރޮކޯވާގެ ހިޔާލަކުން އުފަންވި މާއްދާ އެކެވެ. ގެސްޓްރޯ - ޑިޕްލޮމަސީގައި ކިޔަވައި ދޭނީ މީރު އެއްޗެތި ކާންދީގެން މީހުންގެ ހިތް އަތުލާނެ ގޮތެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ފުރަތަމަ އޮތީ ލެކްޗަރާ ބެނޮއިޓް ލެންގެއިނޭ ނަގައިދިން "ޓެރެސްޓެރިއަލް ފުޑްސް" ކިޔާ ފިލާވަޅެކެވެ. މި ފިލާވަޅުގައި ދަރިވަރުންނަށް ލައިފްސްޓައިލް، ޕްލާންޓް-ބޭސްޑް އޯލަޓަނޭޓިވްސް ޓު މީޓް އަދި ހިސްޓްރީ އޮފް ފާމިން ފަދަ މައުލޫތަކަށް މަޒުމޫނު ލިޔަން ދީފައި ވެއެވެ.

މި ކޯހުގެ ބައިވެރިން ކާނާ އާއި ބުއިންތަކާ ބެހޭ ގޮތުން ބާއްވާ ކޮންފަރެންސްތަކުގައި ވެސް ބައިވެރިކޮށްފައި ވެއެވެ.

މި ކޯހުގެ އެންމެ ޝައުގުވެރިވާ އެއް ކަމަކީ ދަރިވަރުން ޓީވީ ޖާނަލިސްޓުން، ފުޑް ރިވިއުކުރާ މީހުން، ކާނާ ޑެލިވަރީކުރުމުގެ ޚިދުމަތްދޭ ކުންފުނިތަކުގެ އިސް ވެރިންގެ ރޯލުތައް ޕާފޯމްކުރަން ޖެހުމެވެ. އެމީހުން އެކަކު އަނެކަކާ މިކަމާ ގުޅޭ ސުވާލުތައް ކޮށް މަސައްކަތުގެ މާހައުލާއި މަސައްކަތުގެ ކޮލިޓީ އާ ގުޅޭ ގޮތުން މައުލޫމާތު ހޯދަ އެވެ.

ފުރަތަމަ ބެޗުގައި ބައިވެރިވީ 15 ދަރިވަރުން ވެސް މި ކޯސް ވަރަށް ޝައުގުވެރިކަމާއެކު ބައިވެރިވާން ފަށާފައިވާ ކަމަށް ބެނޮއިޓް ބުންޏެވެ. އަދި މި މާސްޓާޒް ކޯހުގެ ފުރަތަމަ ދުވަސްކޮޅު ދަރިވަރުން ވަރަށް ހިތްހަމަޖެހޭ ކަމަށް ބުނެފައި ވެއެވެ.