ތިމާވެށި

ކްލައިމެޓް ޗޭންޖަށް ޒުވާން ލީޑަރުން ރެކްރޫޓްކުރަނީ

ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމަށް އަންނަ ބަދަލުތަކަށް ޒުވާން ލީޑަރުން ރެކްރޫޓް ކުރަން ނިންމައި މަގާމުތަަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކްގެ ފަރާތުން ކުރިއަށް ގެންދާ "އޭޑީބީ ޔޫތު ފޯ އޭޝިއާ" ގެ ދަށުން ޒުވާން ލީޑަރުން ތަމްރީނު ކުރަން ނިންމާފައި ވަނީ ރާއްޖެއާއެކު އިތުރު ޖަޒީރާ ތިން ގައުމަކުން ނެވެ. އެއީ މާޝަލް އައިލެންޑްސް އާއި ކިރިބަތީ އަދި ތުވާލޫއިން އެވެ.

މިއިން ކޮންމެ ގައުމަކުން 15 "އެޓޯލް ޔޫތު ކްލައިމެޓް ލީޑަރުން" ހޮވާނެ އެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 31 އަށް 18 އަހަރާއި 30 އަހަރާ ދެމެދުގެ އުމުރުގެ މީހުންނަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. ހާއްސަކޮށް އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކުރިމަތިލުމަށް ވަނީ އެދިފަ އެވެ.

ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އޭޑީބީ ޔޫތު އޭޝިއާގެ ވެބްސައިޓް މެދުވެރިކޮށް ފޯމް ހުށަހެޅެ އެވެ.