އެމްއެންޑީއެފް

ޝަފީގު ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި

އާދަމް ޝަފީގު
33.3%
0%
66.7%

ފ. ފީއަލިން ފުރައިގެން ދަތުރުކޮށް ވ. ފުއްސަރު ކައިރިން އަޑިއަށް ދިޔަ "އަލަމާ 5" ދޯނިން ގެއްލިފައިވާ ކ. ގުރައިދޫ އާދަމް ޝަފީގު ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ ދޯނިން ގެއްލުނު ދިވެހި ފަޅުވެރިޔާ ހޯދުމުގައި ކޯސްޓްގާޑުން މިހާތަނަށް ކަނޑާއި ވައިގެ މަގުން 5692 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ކަމަށާއި މެދުކެނޑުމެއްނެތި އޭނާ ހޯދުމުގައި ހަރަކާތްތެރިވާ ކަމަށާއި އެ މަސައްކަތުގައި ސަރަހައްދުން ދަތުރުކުރާ ސީޕްލޭންތަކާއި ފްލައިޓްތަކުގެ އެހީތެރިކަން ވެސް ހޯދާ ކަމަށެވެ.

ދ. މީދޫއަށް ނިސްބަތްވާ "އަލަމާ 5" ދޯނި އަޑިއަށް ދިޔައިރު އެ ދޯނީގައި ތިބީ ބަންގްލަދޭޝްގެ ދެ މީހަކާއި ދިވެއްސެކެވެ. އޭގެ ތެރެއިން ބަންގްލަދޭޝްގެ ދެ މީހުން ވަނީ އަޑިއަށް ދިޔަތާ 30 ގަޑިއިރު ފަހުން ފެނިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345