ދިވެހި އިންޑިއާގެ ގުޅުން

އަށް މަސައްކަތަކަށް އިންޑިއާއިން ފައިސާ ދީފި

Jan 6, 2022
1

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭ އެހީގެ ދަށުން، އަތޮޅުތެރޭގެ އަށް މަަސައްކަތެއް ހިންގުމަށް މޮބިލައިޒޭޝަން އެޑްވާންސް ފައިސާ އެ ގައުމުން ދިވެހި ސަރުކާރަށް ދޫކޮށްފި އެވެ.

ހައި އިމްޕެކްޓް ގްރާންޓް ޕްރޮޖެކްޓް ދަށުން މޮބިލައިޒޭޝަން މަސައްކަތް ފެށުމަށް އިންޑިއާއިން ސަރުކާރަށް ދޫކޮށްފައި ވަނީ 5.49 މިލިއަން ރުފިޔާ އެވެ. ކައުންސިލްތަކުން މި މަަަސައްކަތްތައް ހިންގަން ހަމަޖެހިފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު 70 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުންނެވެ.

މި އަށް މަސައްކަތްކީ 36.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަތް އަތޮޅެއްގައި ކުރިއަށްގެންދާ ކަންތައްތަކެވެ. އެއީ ތ، ލ، ހއ، ނ، ކ، އދ އަދި ގދ އަތޮޅެވެ.

މި ފައިސާއިން ހިންގާ މަސައްކަތްތައް

  • ތ. ތިމަރަފުށީގައި މަގުބައްތި ހަރުކުރުން
  • ތ. ވޭމަންޑޫގައި މަގުބައްތި ހަރުކުރުން
  • ލ. މާބައިދޫގައި އައިސް ޕްލާންޓެއް ގާއިމުކުރުން
  • އދ. ދަނގެތީގައި އާ ކަލްޗަރަލް ސެންޓަރެއް އިމާރާތްކުރުން
  • ނ. މިލަދޫ ކައުންސިލް އިމާރާތް ބިނާކުރުން
  • ގދ. ތިނަދޫ އަބޫބަކުރު ސްކޫލްގައި އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް އެޅުން
  • ލ. ގަން އިހައްދޫ ސްކޫލްގައި އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް އެޅުން
  • ހއ. ދިއްދޫ އަތޮޅު ތައުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް އެޅުން
  • އެމްއެންޑީއެފަށް ބޭނުންވާ ސީ އެމްބިއުލެންސް ހޯދުން
  • މާލޭގެ އޮލިމްޕަސް ތިއޭޓަރު އަޕްގްރޭޑް ކުރުމުން

ދެހާސް ނަވާރަ ވަނަ އަހަރުގެ މާޗު މަހު ދޫކުރި 85 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައި އިމްޕެކްޓް 12 މަަސައްކަތެއް ރަށު ކައުންސިލްތަކުން ދަނީ ހިންގަމުންނެވެ. އިންޑިއާއިން 106 މިލިއަން ރުފިޔާގެ ކޭޝް ގްރާންޓް ދޫކޮށްފައިވާއިރު، ތަރައްގީގެ 18 މަސަައްކަތެއް ތަންފީޒު ކޮށްފައިވާ ކަމަށް ހައި ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

މި 30 ގްރާންޓް ޕްރޮޖެކްޓްގެ ތެރެއިން 16 މަސައްކަތެއް މިހާރު ވަނީ ނިމިފަ އެވެ.