މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ކޮލަމާފުށީގެ މަގުހެދުން އާރްޑީސީއަށް

ގއ. ކޮލަމާފުށީގެ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް އަހްމަދު ތޮލްހަތު އެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކެވެ.

އެ މަޝްރޫއުގެ ދަށުން 4.8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވެ އެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކުރުމަށާއި މަގުތަކުގައި ބައްތިޖެހުން ވެސް ހިމެނެ އެވެ.

ފްލޭނިން މިނިސްޓްރީން ކޮލަމާފުށީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާއި ހަވާލުކުރީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. އެއީ 85.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.