ކޮލަމާފުށި

ކޮލަމާފުށި ކައުންސިލުގެ ދަށަށް ހުރެންދޫ ބަދަލުކޮށްފި

ގއ. ހުރެންދޫ -- ފޮޓޯ: ސުކާނޯ އުމަރު
0%
0%
0%

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރުމަށް ގއ. ހުރެންދޫ އެ އަތޮޅު ކޮލަމާފުއްޓާ ހަވާޅުކޮށްފި އެވެ.

ކޮލަމާފުށިން ފުރައިގެން ލޯންޗެއްގައި ގާތްގަނޑަކަށް ފަސް މިނެޓުން ދެވޭހާ ހިސާބުގައި އޮންނަ ހުރެންދު، ކޮލަމާފުއްޓާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ އާއި ކޮލަމާފުށި ކައުންސިލުން އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. ކޮލަމާފުށި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލުގެ ނައިބު ރައީސް ޝަހާމަތު ހަނީފެވެ.

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި ކޮލަމާފުށީ ކައުންސިލަށް ހުރެންދޫ ދިނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތަކަށް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ.

މި ރަށް ހަވާލުކުރީ ފަސް އަހަރުގެ މުއްދަތަކަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345