ހަބަރު

119 މިލިއަން ރުފިޔާއަށް ކޮލަމާފުއްޓާއި ހޯޑެއްދޫ ބަނދަރު އަލުން ހަދަނީ

ގއ. ކޮލަމާފުއްޓާއި ގދ. ހޯޑެއްދޫ ބަނދަރުގެ ސާވޭ، ޑިޒައިން އަދި އަލުން ހެދުމުގެ މަސައްކަތް ކުރަން މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ 119،613،690.78 ރުފިޔާ އަށް ހެވީފޯސް ޕްރައިވެޓް ލިމިޓެޑްއާއެވެ. މަސައްކަތް ނިންމުމަށް ދީފަައިވަނީ 730 ދުވަހެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، މި މަސައްކަތަށް ފަންޑު ކުރަނީ އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮޕިޑް) އިންނާި ދިވެހި ސަރުކާރުގެ ބަޖެޓުން ކަމަށެވެ. އޮޕިޑް އިން ހަރަދު ކުރަނީ މަސަައްކަތުުގެ 77 ޕަސެންޓެވެ. އަދި، ސަރުކާރުން 23 ޕަސެންޓެވެ.

ކޮލަމާފުއްޓަށް ހަރަދު ކުރަނީ، 58،259،558.47 އެވެ. ހޯޑެއްދޫ އަށް، 61،354،132.31 އެވެ.

ގއ. ކޮލަމާފުށި ބަނދަރު

  • 548 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި
  • 550 މީޓަރު އެއްގަމު ތޮށި
  • 4 ނެރުބައްތިި އާއި 28 ބަނދަރު ބައްތި
  • 2750 ސްކެއާ މީޓަރު ޕޭމަންޓު
  • 12 މޫރިންގް ބްލޮކްސް
  • 66،330 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުން
  • 5750 ކިިއުބިކް މީޓަރަށް ނެރު ފުންކުރުން
  • 404 މީޓަރުގެ ރިވެޓްމަންޓު ޖެހުން

ގދ. ހޯޑެއްދޫ ބަނދަރު

  • 1485 މީޓަރުގެ ބޮޑުހިލަ ޖެހުން
  • 310 މީޓަރު އެއްގަމުތޮށި
  • 4 ނެރުބައްތިި އާއި 50 ބަނދަރު ބައްތި
  • 1550 ސްކެއާ މީޓަރު ޕޭމަންޓު
  • 8 މޫރިންގް ބްލޮކްސް
  • 71،590 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުން
  • 2250 ކިިއުބިކް މީޓަރަށް ނެރު ފުންކުރުން
  • 652 މީޓަރުގެ ރިވެޓްމަންޓު ޖެހުން

މި ކޮންޓްރެކްޓުގައި ޕްލޭނިން މިނިސްޓްރީ ފަރާތުން ސޮއި ކުރެއްވީ، ޑިރެކްޓާ ޖެނެރަަލް ޝާނާ ފާރޫގް އެވެ. އަަދި ހެވީފޯސް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރު އެވެ.