މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ޓްވީޓް ކުރެވުނީ އޮޅިގެން، މާފަށް އެދެން: ޖެންޑާ

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

އޮޅިގެން ޓްވީޓްތަކެއް ކުރެވިފައިވާ ކަމަށް ބުނެ ޖެންޑާ މިނިސްޓްރީން މާފަށް އެދިއްޖެ އެވެ.

ހިންގުން ބޮއްސުން ލާފައިވާ އަދި ޒިންމާ އަދާކުރުމުގައި ބޮޑެތި އިހުމާލުތަކެއް އޮތް ޖެންޑާ މިނިސްޓްރީން ރޭ ވަނީ ދެ ޓްވީޓެއް ކޮށްފައެވެ. އެއް ޓްވީޓަކީ މާލެސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހައްޔަރުކުރުމާއި ގުޅިގެން ސިޓީ ކައުންސިލުން ކުރި ޓްވީޓަކަށް ރައްދު ދީ ކުރި ޓްވީޓެކެވެ. އަނެއް ޓްވީޓަކީ ނައިޓް މާކެޓްތައް ހުއްޓުވުމަށް ފަހު އަލުން ނަައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ދޭން ނިންމި ނިންމުމާއި ގުޅިގެން ކުރި ޓްވީޓެކެވެ.

އެނގިފައިވާ ގޮތުގައި މި ޓްވީޓްތައް ކޮށްފައިވަނީ ޖެންޑާގެ ސިޔާސީ މަގާމެއްގައި ހުރި މުވައްޒިފެކެވެ. އަދި އެ ގޮތަށް ޓްވީޓް ކުރެވުނީ އޭނާގެ އަމިއްލަ ޓްވިޓާ އެކައުންޓް ކަމަށް ހީކޮށެވެ.

ޖެންޑާ މިނިސްޓްރީން ރޭ ގެ ވަގުތެއްގައި މި މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓަކީ މުވައްޒަފަކަށް އޮޅިގެން ކުރެވިފައިވާ ޓްވީޓެއް ކަމަށެވެ. އަދި އެކަމަށް ނިހާޔަތަށް މަޢާފަށް އެދޭ ކަމަށްވެސް ބުންޏެވެ. މިފަދަ ކަމެއް ތަކުރާރު ނުވާފަދަ ފިޔަވަޅުތަކެއް މިހާރު އަޅާފައިވާާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ޓްވީޓްތަކުގެ މައްސަލަ ފާހަގަ ކުރެވުމުން ޖެންޑާ އިން ވަނީ އެ ޓްވީޓްތައް ޑިލީޓް ކޮށްލާފައެވެ. ނަމަވެސް އެ ޓްވީޓްގެ ސްކްރީންޝޮޓްތައް އާންމުވެ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345