މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ގެ -- މ. ދިމްޔާތު ކުރިމަތީގައި ޕާކް ކުރެވޭ ގޮތް ހަމަޖައްސައިފި އެވެ.
މުއިއްޒު އާއި އޭނާގެ އާއިލާ ދިރިއުޅުއްވަނީ ވެސް ދިމްޔާތުގަ އެވެ. ބުރުޒުމަގުގައި ހުންނަ ދިމްޔާތު ކުރިމަތީގައި ޕާކް ކުރުމަކީ ކުރީގައި މަނާ ކަމެކެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ދިމްޔާތު ކުރިމަތީގައި ހަތް ސައިކަލަށް ޕާކް ކުރެވޭ ގޮތަށް ޕާކިން ޒޯނެއް މިހާރު ހަދާފައިވާ ކަމަށެވެ.
ދިމްޔާތަކީ ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ މާލޭގެ އެންމެ ބޮޑު އެއް ގެސްޓްހައުސް އެވެ. އެހެންކަމުން އެ އިމާރާތަކީ އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް ވަދެ ނިކުމެ ހަދާ އިމާރާތެކެވެ.
މާލެ އަށް ޑޮކްޓަރަށް ދައްކަން އައިސް ވަރަށް ގިނަ ބަޔަކު ކޮޓަރި ކުއްޔަށް ނަގައިގެން ތިބޭ ދިމްޔާތަކީ އައިޖީއެމްއެޗާ ވަރަށް ކައިރީގައި ހުންނަ އިމާރާތެކެވެ.