މޯލްޑިވްސް ޕޮލިސް ސާވިސް

ކުޑަކުއްޖަކަށް އިހުމާލުވި މައްސަލައެއް ބަލަނީ

Jan 8, 2022

ކުޑަކުއްޖަކަށް އިހުމާލުވި މައްސަލައެއް ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުން ދެންމެ ބުނީ އަޕަނޯތް ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި އުމުުރުން 10 އަހަރުގެ ކުއްޖަކަށް އިހުމާލި މައްސަލައެއް ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ. އެއީ ފިރިހެން ކުއްޖެކެވެ.

މައްސަލައިގެ ތަފްސީލު ނުދީ ފުލުުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ކުއްޖާގެ ރަށާ އަދި ނަން ހާމަ ނުކުރީ ކުޑަކުއްޖާގެ ހައްގުތައް ކަށަވަރު ކޮށް ދިނުމުގެ ގޮތުންނެވެ.

އަޕަނޯތް ޕޮލިސް ރީޖަންގައި ހިމެނެނީ ހއ އާއި ހދ އަދި ށ އަތޮޅެވެ.