ރާއްޖޭގައި ހަމައެކަނި އަންހެން ކުރޫންނާ އެކު ފުރަތަމަ ފަހަރަށް ސީޕްލޭން ދަތުރެއް ކޮށްފި އެވެ.
މަންޓާ އެއާގެ ސީޕްލޭން ދަތުރުގައި އިއްޔެ ބައިވެރިވީ ދެ އަންހެން ޕައިލެޓުންނާއި އަންހެން ކެބިން ކްރޫއެކެވެ.
މާލެ އިން ސޮނެވާ ޖާނީ އަށް ކުރި ދަތުރުގައި ޕައިލެޓުންގެ ގޮތުގައި ތިބީ ބިދޭސީ ދެ އަންހެނުން ކަމަށްވާ ތާނިއާ ކްލެންހަންސް އާއި ލަރިސާ އޮފެނޭ އެވެ. ކެބިންކުރޫއެއްގެ ގޮތުގައި މަސައްކަތް ކުރީ ދިވެއްސެއް ކަމުގައިވާ އައިޝަތު މުޒްނާ އެވެ.
މަންޓާ އެއާގައި މުޒްނާގެ އިތުރުން ކެބިންކުރޫއެއްގެ ގޮތުގައި އާމިނަތު ތަސްލީމާ ވެސް މަސައްކަތް ކުރެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި ސީޕްލޭން ހިދުމަތުގައި ކެބިންކުރޫއެއްގެ ގޮތުގައި މަސައްކަތް ކުރާ ހަމައެކަނި ދެ އަންހެނުންނަކީ ވެސް މުޒްނާ އާއި ތަސްލީމާ އެވެ.
ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމުގައިވާ މަންޓާ އެއާ އިން މިދިޔަ އަހަރު ކުރި އެއާކްރާފްޓް ދަތުރެއްގައި ހަމައެކަނި އަންހެން ޕައިލެޓުން އެއާކްރާފްޓް ވެސް ދުއްވާފައިވެ އެވެ.