މޯލްޑިވްސް ޕޮލިސް ސާވިސް

ސަލާމަތީ ބާރުތަކުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި

Jan 10, 2022
2

ސިފައިންނާއި ފުލުހުން މާލޭގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ދެ އިދާރާއިން ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ގުޅިގެން" ނަމުގައި އިއްޔެއިން ފެށިގެން ހާއްސަ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި އޮޕަރޭޝަނަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަގީންކުރުމުގެ ގޮތުން ފުލުހުންގެ އެދުމުގެ މަތިން ސިފައިންގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

ފުލުހުންނާއި ސިފައިން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ މަންޒަރު ފެނިފައިވެ އެވެ. ނަމަވެސް މިއީ ސީދާ ކޮން ކަމަކާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމެއް އެނގިފައެއް ނުވެ އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހަފްތާގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި ވިލިމާލެ އިން މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި ޓެރަރިޒަމްގެ އަމަލުތަކަށް ތުހުމަތުކުރެވޭ ބައެއް މީހުންގެ ޝަރީއަތްތައް މި ހަފްތާ ކޯޓުގައި ހިނގަމުން ވެސް އެބަދެ އެވެ.