ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

މާލޭން ފުރާ މީހުނަށް ދެ ދުވަހުގެ ލުޔެއް

Jan 10, 2022
3

ކޮވިޑް-19 އިގެ އާ ވޭރިއަންޓް، އޮމިކްރޯން ރާއްޖެ ސަރަހައްދުން ފެނިފައިވާތީ އާއި ކޮވިޑް ނަންބަރުތައް އިތުރުވުމާ ގުޅިގެން މިއަދުން ފެށިގެން މާލެއިން ފުރާ މީހުންނަށް އަޅާފައިވާ ފިޔަވަޅުތަކަށް ދެ ދުވަހުގެ ލުޔެއް ދީފި އެވެ.

އެޗްޕީއޭ އިން ވަނީ ކޮވިޑްގެ ފިޔަވަޅުތައް ރޭ ހަރުކަށިކޮށްފަ އެވެ. އެގޮތުން، މާލެއިން ރަށްރަށަށް ފުރާ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަވެ، 14 ދުވަސް ވެފައިވާ މީހުން ދަތުރު ކުރާނަމަ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެެއް ބޭނުންވެ އެވެ.

އެކަމަކު ފަހުން އެޗްޕީއޭ އިން ބުނެފައި ވަނީ މިއަދާއި މާދަމާ، މާލެއިން ދަތުރުކުރާ މީހުންނަށް ލުޔެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ދެ ދުވަހު މާލެއިން ސާމްޕަލް ނެގުމަށް ފަހު ރަށްރަށަށް ދެވޭނެ އެވެ. އެކަމަކު ނަތީޖާ ލިބެންދެން ކަރަންޓީންވާން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން މި ދެ ދުވަހު ރަށަށް ގޮސް، ސާމްޕަލް ނެގުމަށް ފަހު ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.

އެޗްޕީއޭ އިން ރޭ ބުނެފައި ވަނީ މާލެ ސަރަހައްދުގައި ހަފްތާއަކު ޓެސްޓް ކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ރޭޓް ވެސް ފަސް ޕަސަންޓަށް ވުރެ މިހާރު މަތިވެފައިވާ ކަމަށެވެ. އެހެންކަމުން މިއަދު ފެށިގެން ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅަން ނިންމާފަ އެވެ. އެގޮތުން ވެކްސިންގެ ޑޯޒްތައް ފުރިހަމަނުކޮށް ދަތުރު ކުރާ މީހުން 14 ދުވަހަކަށް ކަރަންޓީނު ވުމާއި، 50 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ. އަދި ކުޅިވަރު މުބާރާތްތަކަށް ކުޅިބަލަން މީހުންނަށް ނުވަދެވޭ ގޮތަށް ހަދާފައި ވެއެވެ.