ހަބަރު

ޒިންބާބުވޭގެ މައްޗަށް ސެނެގޯލް ކުރި ހޯދައިފި

އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްރިކާ ކަޕް) 2022 ގައި ގްރޫޕް ބީ އިން ސެނެގާލް އަދި ޒިންބާބުވޭ ވާދަ ކުރި މެޗުން ސެނެގޯލް ކުރި ހޯދައިފި އެވެ.

ސެނެގޯލް އިން ޒިނބާބުވޭގެ މައްޗައް ކުރި ހޯދީ މެޗުގެ 90 މިނެޓު ހަމަވެގެން އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓުގެ ތެރޭގައި ސެނެގޯލް އިން އުފެއްދި ހަމަލާއެއް އޭރިޔާ ތެރެއިން ޒިންބާބުވޭގެ ކުޅުންތެރިއެއްގެ އަތުގައި ޖެހިގެން ލިބުނު ޕެނަލްޓީއެއް ގޯލަށް ވައްދާލައިގެންނެވެ.

އެ ލަނޑު ސެނެގާލް އަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ އެންމެ އިތުބާރު ކުޅުންތެރިޔާ އަދި ކެޕްޓަން ސާދިއޯ މާނޭ އެވެ.

މެޗުގައި ސެނެގާލް އާއި ހިލާފަށް ޒިންބާބުވޭ އިން ކުޅެފައި ވަނީ ވަރަށް ޑިފެންސިވް ކުޅުމެކެވެ.