ހަބަރު

މޮރޮކޯ އާއި ގެބޯންއަށް މޮޅެއް

މޮރޮކޯއިން ރޭ ގޯލު ޖެހުމަށް ފަހު އުފާ ފާޅު ކުރަނީ
0%
0%
0%

އެފްރިކާ ކަޕްގެ ގްރޫޕް ސްޓޭޖްގައި ރޭ ކުޅުނު މެޗުތަކުން ގެބޯން އަދި މޮރޮކޯ މޮޅުވެއްޖެ އެވެ.

ރޭ ގެބޯން އާއި ކޮމޮރޯސް ބައްދަލު ކުރި މެޗު އަދި މޮރޮކޯ އާއި ގާނާ ބައްދަލު ކުރި މެޗުވެސް ނިމިގެން ދިޔައީ 1-0 ލަނޑުން ނެވެ. ގާނާ އާއި މޮރޮކޯ ވާދަ ކުރި މެޗުގައި މޮޅަށް ކުޅުނީ ގާނާ ކަމުގައި ވިޔަސް ރޭގެ މެޗުން ގާނާ މޮރޮކޯ އަތުން ބަލިވީ ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފި މެޗު ނިމެން 10 މިނެޓައް ވެފައި ވަނިކޮށް މޮރޮކޯއަށް ލިބުނު ކައުންޓާ އެޓޭކެއް ގައި ގޯލު ޖަހައިގެނެވެ.

ގެބޯން އިން ކާމިޔާބު ކުރި ގޯލަށް ފަހު އުފާ ފާޅު ކުރުމުގެ ތެރެއިން

ގެބޯން އަދި ކޮމޮރޯސް ވާދަ ކުރި މެޗު ގެބޯން ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބު ކުރި ގޯލަށް ފަހު ވަރަށް ބޮޑަށް ޓީމު ފަހަތަށް ފައިބައި ޑިފެންސް ކޮށްގެނެވެ.

ރޭގެ މެޗުގައި ގެބޯންގެ އެންމެ މުހިންމު ކުޅުން ތެރިޔާ އަދި ކެޕްޓަން އަބާމޭޔަން ކޮވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން ކުޅެފައެއ ނުވެއެވެ. ނަމަވެސް އަންނަ ހުކުރު ދުވަހު ގާނާއާ ދެކޮޅަށް ކުޅޭ މެޗުގައި އަބާމޭޔަން ކުޅޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910