މެޑިފްލެކްސް ލެބޯޓަރީގެ މާކެޓިން އެންޑް އޮޕަރޭޝަންސް ޑިރެކްޓަރަކަށް އައިމިނަތު ޝާޔަން ޝާހިދު ހަމަޖައްސައިފި އެވެ.
ޝާޔަން އަކީ ކުރިން އެސްޓީއޯ އާއި މެގަ މޯލްޑިވްސް އަދި ވިލާ ޝިޕިން ފަދަ ކުންފުނިތަކުގައި މަސައްކަތް ކުރެއްވުމާއެކު މާކެޓިން ދާއިރާގައި 15 އަހަރު ހޭދަ ކުރައްވާފަ އެވެ. މެޑިފްލެކްސް ލެބޯޓަރީއާ ގުޅުމުގެ ކުރިން ޝާޔަން ހުންނެވީ ދިވެހި އިންޝުއަރެންސްގެ މާކެޓިން އެންޑް ބިޒްނަސް ޑިވޮލޮޕްމަންޓްގެ ވެރިޔާގެ މަގާމުގަ އެވެ.
މަޓާޓޯގެ މާކެޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމާއިި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވި ޝާޔަން ވިދާޅުވީ މެޑިފްލެކްސްއާ ގުޅި ވަޑައިގަތީ އެ ކުންފުންޏަކީ ބާރަށް ކުރިއަރަމުންދާ ކުންފުންޏަށްވާތީ ކަމަށެވެ.