ވިޔަފާރި

އަންހެން ވިޔަފާރިވެރިންގެ ސަމިޓާއެކު ބިޒްނަސް އެކްސްޕޯ ފަށަނީ

Sep 28, 2019

އަންހެން ވިޔަފާރިވެރިންގެ ސަމިޓަކާއެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބައިވެރިވާ "ބިޒްނަސް އެކްސްޕޯ" މާދަމާ މާލޭގައި ފަށާނެ އެވެ.

ދިވެހި ކުންފުނި، އޯކާ އިން އިންތިޒާމު ކޮށްގެން ދަރުބާރުގޭގައި ތިން ދުވަހުގަށް ބާއްވާ ބިޒްނަސް އެކްސްޕޯ ގައި 100 އެގްޒިބިޓަރުން ބައިވެރިވާނެ އެވެ.

އޭގެތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގޮތުގައި ހަރަކާތްތެރިވާ ގިނަ ވިޔަފާރިތަކެއްގެ އިތުރުން ޒުވާން ގިނަ ވިޔަފާރިވެރިން ވެސް ހިމެނެ އެވެ.

ބިޒްނަސް އެކްސްޕޯގައި މޯލްޑިވްސް ޓެކް ސަމިޓާއި އަންހެން ވިޔަފާރިވެރިންނަށް ހާއްސަ އަންހެން ވިޔަފާރިވެރިންގެ ސަމިޓާއި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ވެސް އޮންނާނެ އެވެ.