ވިޔަފާރި

އަންހެނުންގެ ދުވަހަށް ސަފާޔާގެ ޕްރޮމޯޝަނެއް

Mar 3, 2020

ލައިފްސަޕޯޓް ޕްރައިވެޓް ލިމިޓެޑުގެ "ސަފާޔާ" ފިހާރައިން އަންހެނުންގެ ދުވަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަންހެނުންގެ ދުވަސް ފާހަގަ ކުރާނީ އަންނަ އާދީއްތަ ދުވަހު އެވެ. އެ ދުވަހުގެ އެ ފިހާރައިން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ކުރާ ކޮންމެ ވިޔަފާރި އަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ކޮންމެ ވިޔަފާރިއަކާއެކު ހަދިޔާއެއް ވެސް ލިބެ އެވެ.

ސަފާޔާގެ މި ޕްރޮމޯޝަންގެ ދަށުން "ބެލާ ސެނިޓަރީ ނެޕްކިން" އާއި "އައިވީ ބެއާ ހެއާ ވިޓަމިން" އާއި "ޓްރެސްމޭ"، "ރިމެލް" އަދި "ވޫޝިން ލެބޮޓެކްގެ ބޮޑީވާމް" ފަދަ ހަދިޔާތައް ދޭނެ އެވެ.

އެެ ފިހާރައިން ބުނި ގޮތުގައި ގޮސް ވިޔަފާރި ކުރުމުގެ އިތުރުން، ފިހާރައިގެ ފޭސްބުކް ޕޭޖުން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އެގޮތުން، ފޭސްބުކްގައި ކުރިއަށްދާ ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ކޮންމެ ދުވަހަކު ހޮވޭ ނަސީބުވެރިއަކަށް އިނާމެއް ދޭ އިރު ޕްރޮމޯޝަންގެ އެންމެ ފަހު ދުވަހު ބޮޑު އިނާމެއް ދޭނެ އެވެ.

މި ޕްރޮމޯޝަންގެ އިތުރުން، ހާއްސަ ދުވަސް ދުވަހާއި ގުޅުވައިގެންވެސް އިތުރު ޕްރޮމޯޝަންތައް ހިންގުމަށް ނިންމާފައިވާ ކަމަށް އެ ފިހާރައިން ބުންޏެވެ.