މޯލްޑިވްސް ޕޮލިސް ސާވިސް

ފަޅު ރަށަކުން ގްރެނޭޑެއް ފެނިގެން ތަހުގީގުކުރަނީ

ރ. އަތޮޅުގެ ފަޅު ރަށަކުން ގްރެނޭޑެއް ފެނިގެން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ތަންތަން ގޮއްވަން ބޭނުންކުރާ ގްރެނޭޑް ފެނިފައިވަނީ ރ. މާށިގިރި ކިޔާ ފަޅު ރަށަކަށް މިމަހުގެ އެއްވަނަ ދުވަހު ދަތުރު ދިޔަަ ބަޔަކަށެވެ.

ސިފައިންނާ ހަވާލާދީ ފުލުހުން ބުނީ މާށިގިރިން ފެނިފައިވަނީ ގްރެނޭޑެއް ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނުން ފިޔަވާ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް އަވަސް އަށް އެނގިފައިވެ އެވެ.

މިމައްސަލާގައި ސިފައިންގެއިން ބުނީ މައުލޫމާތު ޗެކް ކުރުމަށްފަހު މީޑިއާ އަށް މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ފަޅު ރަށަކުން ގްރެނޭޑެއް ފެނުނު މައްސަލައެއް ފެންމަތިވެފައި މިވަނީ ފުލުހުންނާއި ސިފައިން ގުޅިގެން މާލޭގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ.