ހަބަރު

އެފްރިކަން ކަޕް: ފުރަތަމަ މެޗުން ސަލާހަށް ނާކާމިޔާބު

ނައިޖީރިއާއިން ގޯލު ޖެހުމަށް ފަހު އިނާޗޯ އުފާ ފާޅު ކުރަނީ
0%
0%
0%

އެފްރިކަން ކަޕުގެ ގްރޫޕް ސްޓޭޖުގައި ގްރޫޕް ޑީ އިން ރޭ މިސްރާއި ނައިޖީރިއާ ވާދަ ކުރި މެޗުން ބަލިވެ އެފްރިކާ ބައްރުގެ އެންމެ މޮޅު އަދި ދުނިޔޭގައި ވެސް މިހާރު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ގަބޫލު ކުރާ މުހައްމަދު ސަލާހަށް ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ރޭގެ މެޗުގައި މިސްރުގެ ފަރާތުން ފެނިގެން ދިޔަ އާދައިގެ ކުޅުމަށް ގިނަ ބަޔަކު ދަނީ ފާޑު ވެސް ކިޔަމުން ނެވެ. ރޭގެ މެޗުގައި މީގެ ކުރިން ފެންނަ މިސްރުގެ އެޓޭކިން ގޭމްގެ ބަދަލުގައި ފެނުނީ ޑިފެންސިވް ކުޅުމެކެވެ.

އެއާ ހިލާފަށް ޕްރިމިއާލީގުގައި ކުޅޭ ގިނަ ކުޅުންތެރިން ތަކެއް ހިމެނޭ ނައިޖީރިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ. އެ ޓީމުން ޖެހި ހަމައެކަނި ލަނޑު ފެނިގެން ދިޔައީ ލެސްޓަ ސިޓީގެ ފޯވާޑް ކްލީޗީ އިނާޗޯގެ ފަރާތުން މެޗުގެ 30 ވަނަ މިނެޓުގަ އެވެ. މި މެޗުގެ މޭން އޮފްދަ މެޗަކަށް ހޮވުނީ ވެސް އިނާޗޯ އެވެ.

އެފްރިކަން ކަޕް ގައި ނައިޖީރިޔާ އާއި މިސްރަކީ ވެސް ގިނަ ބައެއްގެ ފޭވަރިޓުންނެވެ

އަލްޖީރިއާ ގެ ކެޕްޓަން އަދި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ރިޔާދް މަހްރޭޒް

މި ގްރޫޕުގައި ދެން ކުޅުނު ގިނީ ބިސާއޫ އާއި ސޫދާންގެ މެޗު ވާދަވެރި ކުޅުމަކަށް ފަހު ނިމިގެން ދިޔައީ ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ނުޖެހި އެއްވަރު ވެގެނެވެ. ގްރޫޕް އީގައި އެންމެ ފަހުގެ ޗެންޕިއަން އަލްޖީރިއާ އާއި ސިއެރަ ލިއޯން ވާދަކުރި މެޗު ވެސް ނިމުނީ ހަމަހަމަ ވެގެނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910