ރެހެންދި އެވޯޑްސް

ރެހެންދި އެވޯޑަށް ހުޅުވާލައިފި

Jan 12, 2022

އަންހެނުންގެ ގައުމީ ހިދުމަތް ފާހަގަ ކުރުމުގެ ގޮތުން ދޭ ރެހެންދި އެވޯޑަށް ކުރިމަތިލާން ހުޅުވައިލައިފި އެވެ.

ޖެންޑާ މިނިސްޓްރީއިން މިއަދު ބުނީ އެކިއެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި، ގައުމީ ތަރައްގީއަށް އަންހެނުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށް ދޭ ރެހެންދި އެވޯޑަށް ކުރިމަތިލާން މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އޮތީ އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހަށެވެ.

އެވޯޑަށް ކުރިމަތިލާން އަމިއްލަ ނަން ނުވަތަ އެހެން މީހަކު ނޯމިނޭޓް ކުރަން ބޭނުންވާނަމަ އެމީހެއްގެ ނަން ވެސް ހުށަހެޅޭނެ އެވެ. އިދާރާތަކާއި މުއައްސަސާތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ޖަމިއްޔާތަކަށް ވެސް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

ރެހެންދި އެވޯޑް ދޭން ފެށީ 2014 ވަނަ އަހަރު އެވެ.