މި އަހަރުގެ "ރެހެންދި" އެވޯޑަށް ކުރިމަތިލާން އާންމުކޮށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ފެމިލީ މިނިސްޓްރީން ބުނީ ރެހެންދި އެވޯޑަށް ކުރިމަތިލާނެ ގޮތުގެ އިތުރު މައުލޫމާތުތައް އެ މިނިސްޓްރީގެ ވެބްސައިޓް އާއި ދިވެހި ސަރުކާރުގެ ގެޒެޓް އިން ލިބޭނެ ކަމަށެވެ.
ރެހެންދި އެވޯޑަށް ނަން ހުށަހަޅަން ދީފައިވާ ސުންގަޑިއަކީ މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ޖެހުމާ ހަމައަށެވެ.
ރެހެންދި އެވޯޑްގެ ދާއިރާތައް
- ހަމައެކަނި އަންހެނުންނަށް ކުރިމަތިލެވޭ ދާއިރާ
- ވަޒީފާ ދޭ ފަރާތްތައް/ މުއައްސަސާތައް
- އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް
- ކުލަބު ޖަމިއްޔާ ޖަމާއަތްތައް
- އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ފިރިހެނުންނާއި އަންހެނުންނުން
ރެހެންދި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރަން އަންހެނުން އަދާކުރާ ދައުރާއި މުޖުތަމައުގައި އަންހެނުންގެ ކުރިއެރުމަށް ފަރުދުންނާއި މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ގައުމީ ފެންވަރުގައި ވަޒަން ކުރަން ދެމުން އަންނަ އެވޯޑެކެވެ.
ރާއްޖޭގައި ރެހެންދި އެވޯޑް ދޭން ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރި ކަމުގައި 2014 ވަނަ އަހަރުން ފެށިގެނެވެ.