ހަބަރު

ރެހެންދި އެވޯޑު 7 މީހަކަށް ދީފި

ގައުމީ ހިދުމަތުގައި އަންހެނުން ކުރާ މަސައްކަތްތަކާއި މުޖުތަމައު ބިނާ ކުރުމަށް ދޭ ރެހެންދި އެވޯޑު ހަތް މީހަކަށް ދީފި އެވެ.

މި އަހަރު ރެހެންދި އެވޯޑު ދީފައިވަނީ، އިޖުތިމާއީ ދާއިރާ އިން ދެ މީހަކަށް އަދި އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ އަށް ފަސް މީހުނަށެވެ. މި އެވޯޑަކީ ގައުމީ ފެންވަރުގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމައުގައި އަންހެނުންގެ ހައްގުތަށް ރައްކާތެރިކުުރުމަށާއި ކުރިއެރުވުމަށް ވަކި ފަރުދުންނާއި ޖަމިއްޔާތައް ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމާއި އަންހެނުންގެ ކުރި އެރުވުމަށް ޖެންޑާ މިނިސްޓްރީން ކޮންމެ އަހަރަކު ދޭ އެވޯޑެކެވެ.

އިޖުތިމާއީ ދާއިރާ

  • ފާތިމަތު އިބްރާހިމް - ކާނިމާގެ، ޅ. ހިންނަވަރު
  • އަލްއުސްތާޛާ މަރިޔަމް ޝުނާނާ - ހ. ވެލަސްފަރުގެ

އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް / ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ

  • ހައްވާ ލަތީފް - ހުޅުމާލެ ފްލެޓް، 10-3-1
  • އާމިނަތު އަމީނާ - ހަނދުވަރީގެ، ލ.ކުނަހަންދޫ
  • ޝިފްޒާ މުސްތަފާ - އާސާން، ޏ. ފުުވައްމުލައް
  • އާއިޝަތު ހުސައިން މަނިކު - ހ. ރީދޫކޮކާގެ
  • މިންހާ ފާއިޒް ރަޝާދު - ހުޅުމާލެ ފްލެޓް 2-1-99

މި އެވޯޑު ދީފައިވާ ބައިވެރިން ކަނޑައަޅާފައި ވަނީ އެކަމަށްޓަކައި މިނިސްޓްރީން އެކުލަވާލާފައިވާ ހާއްސަ ކޮމިޓީ އަކުންނެވެ. މި އެވޯޑު ހަވާލު ކުރާނީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ޖެންޑާ އިން ބާއްވާ ރަސްމިއްޔާތުގަ އެވެ. މި އަހަަރުގެ ރަސްމިއްޔާތު ކޮވިޑް އާ ގުޅިގެން ވަނީ ފަސްކޮށްފަ އެވެ.