ހުޅުމާލޭގެ ފޭސް ދޭއްގައި ޕްރީ ސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާނު ކޮށްފި އެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ޕްރީ ސްކޫލު އަޅަން ކުރިމަތި ލެވޭނީ ހަމައެކަނި ދިވެހި ކުންފުނިތަކަށް ކަމަށާއި ބީލަން ހުށަހެޅޭނީ އެޗްޑީސީގެ އެއްވެސް މުވައްޒަފަކާ ގުޅުން ނޯންނަ ފަރާތްތަކަށް ކަމަށެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
ހުޅުމާލޭގެ ފޭސް ދޭއްގައި ޕްރީ ސްކޫލެއް އަޅަން ނިންމިއިރު ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ވަނީ ފަށައިފަ އެވެ.