މާލޭ ސިޓީ ކައުންސިލް

ވިނަގަނޑަށް ކެމިކަލެއް ނުޖަހަން: ކައުންސިލް

ބަލި ޖެހި ސިއްހަތު ދެރަވެފައިވާ ކޮތަރުތަކެއް
50%
0%
50%

ޖުމްހޫރީ މައިދާނުގެ ވިނަ ގަނޑު ބެލެހެއްޓުމަށް ސިޓީ ކައުންސިލުން އެއްވެސް ބާވަތެއްގެ ކެމިކަލް އެއް ބޭނުންކުރަމުން ނުދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ޖުމްހޫރީ މައިދާނު ސަރަހައްދުގައި އުޅޭ ކޮތަރުތަކަަށް ބައްޔެއް ޖެހި އެކަމަށް ސަމާލުކަން ވަނީ ހުއްޓިފައެވެ. ކޮތަރުތަކުގެ ލޯ ކައިރި ބޮޑެތި އުންތަކެއް ނަގާ އެ ސޮރުމެން ފެންނަނީ ވަރަށް ބޮޑަށް ބަލިވެފައި ވަނިކޮށެވެ.

ކޮތަރު ތަކަށް ޖެހިފައިވަނީ ކޮން ބައްޔެއް ކަމެއް އަދި ސާފެއް ނުވެއެވެ. އެއީ ކޮން ބައްޔެއްތޯ ދެނެގަތުމުގެ މަސައްކަތް އީޕީއޭ އިން ދަނީ ކުރަމުންނެވެ.

ކޮތަރުތަކަށް އެ ބަލި ޖެހި އެ ސޮރުމެން ބަލިވެފައި ވަނީ ޖުމްހޫރީ މައިދާނުގެ ވިނަ ގަނޑު ބެލެހެއްޓުމަށް ސިޓީ ކައުންސިލުން ކެމިިކަލްގެ ބާވަތެއް ބޭނުން ކުރަމުންދާތީ ކަމަށް ބުނެ ބައެއް މީހުން ގެންދަނީ ވާހަކަ ދައްކަމުންނެވެ.

އެކަން ދޮގުކޮށް ސިޓީ ކައުންސިލުން މިރޭ ބުނީ ޖުމްހޫރީ މައިދާނުގެ ވިނަ ގަނޑު ބެލެހެއްޓުމަށް އެ ކައުންސިލުން އެއްވެސް ބާވަތެއްގެ ކެމިކަލް އެއް ބޭނުންކުރަމުން ނުދާ ކަމަށެވެ. ވިނަތައް ބެލެހެއްޓުމަށް ފެންޖެހުން ފިޔަވާ އިތުރު ކަމެއް ނުކުރާ ކަމަށްވެސް ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345