ކުޅިވަރު

ރެފްރީ މެޗް ނިންމާލީ ގަޑި ހަމަ ނުވަނީސް

އެފްރިކަން ކަޕްގައި ރޭ ޓިއުނީޝިއާ އާއި މާލީ ބައްދަލުކޮށް މާލީއަށް މޮޅެއް ލިބުނު މެޗުގައި ކުޅުމުގެ ފުރިހަމަ ވަގުތު ހަމަނުވަނީސް ރެފްރީ މެޗު ނިންމާލައިފި އެވެ

ގްރޫޕް އެފް ގެ ފުރަތަމަ މެޗުގައި ރޭ ޓިއުނީޝިއާ އާއި މާލީ ކުޅުނު މެޗުގެ 90 މިނެޓު ހަމަ ނުވަނީސް ރެފްރީ ފުރަތަމަ ކަށިގަނޑު ފުމެފައި ވަނީ 85 ވަނަ މިނެޓުގަ އެވެ ނަމަވެސް އެކަމާ ދެ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންގެ ޝަކުވާ ކުރުމުން ރެފްރީ ވަނީ އަލުން މެޗު ކުރިޔަށް ގެންދަން ނިންމާފަ އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަނުކޮށް 89 ވަނަ މިނެޓުގައި ވަނީ ދެވަނަ ފަހަރަށް މެޗު ނިންމާލާފަ އެވެ.

މިކަމާ ވިދިގެން ޓިއުނީޝިއާގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ދަނޑުމައްޗަށް އަރާ ހިތްހަމަނުޖެހުން ފާޅު ކޮށްފަ އެވެ. ނަމަވެސް ރެފްރީގެ އެ ނިންމުން ބަދަލު ކޮށްފައެއް ނުވެއެވެ. އަދި މީގެ އިތުރުން މާލީގެ ޒުވާން ފޯވާޑް އެލް ބިލާލް ޓޫރޭ މެޗުގެ 87 ވަނަ މިނެޓުގައި ކުރި ފައުލަކަށް ސީދާ ރަތްކާޑެއް ދައްކައި ވަނީ ދަނޑުން ވެސް ފޮނުވާލައިފަ އެވެ

މެޗުގެ ހަމައެކަނި ލަޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ ދެވަނަ ހާފުގައި ޓިއުނީޝިއާގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން މާލިއަށް ލިބުން ޕެނަލްޓި އަކުން ނެވެ. މި ލަނޑު ކާމިޔާބު ކޯށް ދިނީ އިބްރާހިމާ ކޯނޭ އެވެ. މެޗުގެ 76 ވަނަ މިނެޓުގައި މާލީ ކުޅުންތެރިއެއްގެ އަތުގައި އޭރިޔާ ތެރިން ބޯޅަަ ޖެހި ނަތީޖާ ހަމަ ހަމަ ކުރުމަށް ޓިއުނީޝިއާއަށް ވެސް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ނަމަވެސް އެ ޕެނަލްޓީ ވަނި މާލީގެ ކީޕަރު މަތަ ކޮށް ފައެވެ.

މި މެޗުގައި މާލީ އާއި ޓިއުނީޝިއާގެ ފަރާތުން ވެސް ފެނިގެން ގޮސްފައި ވަނީ ވަރަށް ހަމަހަމަ ކުޅުމެކެވެ.

ރޭ ދެން ކުޅުނު ދެ މެޗަށް ބަލާއިރު މޮރިޓޭނިއާ އަދި ގަންބިއާގެ މެޗު ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުން ގަންބިޔާ ކުރި ހޯދައިގެނެވެ. އައިވަރީ ކޯސްޓް އާއި އެކުއިޓޯރިއަލް ގިނީ ވާދަކުރި މެޗު އައިވަރީ ކޯސްޓުން ކާމިޔާބު ކުރީ ވެސް 1-0 ގެ ނަތީޖާ އަކުން ނެވެ.

އެފްރިކަން ކަޕް ގައި މިހާތަނަށް އައި އިރު ވާދަކުރާ ހުރިހާ ޓީމެއްގެ ވެސް ފެނިފައި ވަނީ ވަރަށް ހަމަހަމަ ކޮށެވެ.