ހަބަރު

ސުޕަ ކަޕް އިންޓަ މިލާނަށް

އިތުރު ވަގުތުގައި ސަންޗޭޒް އިންޓަ މިލާނަށް އިޓާލިއަން ސުޕަ ކަޕް ޔަގީން ކޮށްދިން ލަނޑު ކާމިޔާބު ކުރުމަށް ފަހު އުފާ ފާޅު ކުރަނީ
0%
0%
0%

ޔުވެންޓަސްގެ މައްޗަށް ކުރި ހޯދައި އިންޓަ މިލާން އިޓާލިއަން ސުޕަ ކަޕް 2022 ގެ ޗެންޕިއަން ކަން ހޯދައިފި އެވެ.

ރޭ ކުޅުނު ސުޕަ ކަޕްގެ ފައިންލް މެޗުން އިންޓަ މިލާން މޮޅުވީ 2-1 ގެ ނަތީޖާ އަކުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ޔުވެންޓަސް އެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށް ދިނީ އަރަމުން އަންނަ ތަރި ވެސްޓަން މެކެނީ އެވެ. ނަމަވެސް އޭގެ 10 މިނިޓު ފަހުން ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށް އިންޓަ މިލާނުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލަައުޓާރޯ މާޓިނޭޒް އެވެ.

އެޔަށް ފަހު ދެ ޓީމަށް ވެސް 90 މިނެޓް ހަމަވުމާ ހަމައަށް ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ. މެޗުން އިންޓަ މޮޅުވި ލަނޑު ކާމިޔާބު ކޮށްދިނީ 90 މިނެޓް ހަމަވެގެން ދިން އިތުރު ވަގުތުގެ ތެރޭގައި ޗިލީގެ އެލެކްސިސް ސަންޗޭޒެވެ.

އިޓާލިއަން ސުޕަ ކަޕަކީ އިންޓަ މިލާނާ އި އެހާ ރައްޓެހި ޓްރޮފީއެއް ނޫނެވެ. އެންމެ ފަހުން އިންޓަ މިލާނުން ސުޕަކަޕް ކާމިޔާބު ކޮށް ފައި ވަނީ މީގެ 12 އަހަރު ކުުރިން 2010 ވަނަ އަހަރުގަ އެވެ އެއާއި ހިލާފަށް ޔުވެންޓަސް އަކީ އެންމެ ގިނަ ފަހަރަށް ސުޕަ ކަޕް ކާމިޔާބު ކޮށްފައިވާ ކުލަބެވެ. ޖުވެންޓާސްއިން ނުވަ ފަހަރަށް މި މުބާރާތް ކާމިޔާބު ކޮށްފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910