ޑޮލަރު ވިއްކަން އުޅުނު ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާަ އޮފިޝަލް ވިދާޅުވީ ޑޮލަރު ވިއްކަން އުޅުނު ބިދޭސީ ފިރިހެކަނު މިދިޔަ އަންގާރަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވާ ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަަށަށް ގެނައީ ކުށުގެ ވެށިގެން ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ. އިތުުރު ތަފްސީލެއް ނުދެެއެވެ.
ބްލެކްމާކެޓްގައި ޑޮލަރު ވިއްކުން މަނާ ނަމަވެސް ގިނަ ބަޔަކު ހާއްސަކޮށް ބިދޭސީން މިކަމުގައި ޝާމިލުވެ އެވެ. ޑޮލަރުގެ މަައްސަލަ ހައްލުކުރަން ފިޔަވަޅު އަޅާނެކަމަށް އެމްއެމްއޭއާއި ސަރުކާރުން ބުނި ކަމުގައި ވިޔަސް އެކަށީގެންވާ އެއްވެސް ހައްލެއް ނުލިބެ އެވެ.