މިއުޒިކް

އެމްއެމްއޭސީގެ ކޯސް ތަކަށް ހުޅުވާލައިފި

މޯލްޑިވްސް މިޔުޒިކް އެންޑް އާޓްސް ސެންޓަރު (އެމްއެމްއޭސީ) ގެ ކޯސް ތަކުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއެމްއޭސީގެ ޗެއާމަން، އަލީ އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވީ އެ ސެންޓަރުގެ ފަރާތުން ކޮންމެ އަހަރަކު ހިންގާ ޕިއާނޯ ކޯހާއި ގިޓާ ކޯހާއި ސިންގިން، ވޮއިސް ޓްރެއިނިން ކޯހާއި މަދަހަ އާއި ވޮއިސް ވޯކަލް ޓްރެއިނިން ކޯހާއި އާޓް އެންޑް ކްރާފްޓް ކްލާހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި ކޯސް ތަކުގައި ބައިވެރިވެވޭ އުމުރުފުރައަކީ ހަ އަހަރާއި 18 އަހަރާއި، 19 އަހަރާއި 35 އަހަރާއި ދެމެދެވެ. ބައިވެރިވާ ދަރިވަރުންނަށް ކޮންމެ އަހަރަކު ވެސް ޓްރިނިޓީ ކޮލެޖް ލަންޑަންގެ އިންޓަނޭޝަނަލް އިމްތިހާނު ތަކުގައި ބައިވެރިވެވޭނެ އެވެ.

އެމްއެމްއޭސީއަކީ ޓްރިނިޓީ ކޮލެޖް ލަންޑަންގެ ދިވެހި ރާއްޖޭގެ ކެމްޕަހެވެ.

މިހާރުވެސް މި ސެންޓަރުގައި 150 ދަރިވަރުން ކިޔަވަމުން ގެންދެ އެވެ.

މިދިޔަ ދެއަހަރެއްހާ ދުވަހު އެ ސެންޓަރުންވަނީ މުޅި ރާއްޖެ ތަމްސީލުކުރި ތިން މުބާރާތެއް ބާއްވާފަ އެވެ. މީގެ ތެރޭގައި 2020 ގައި ޕީއެސްއެމް އާއި ގުޅިގެން ބޭއްވި މަދަހަ ރަންއަޑު ސީޒަން 1 އާއި ވީޓީވީ އާއި ގުޅިގެން 2020 ވަނަ އަހަރު "ގައުމުގެ ދުލުން" ނަމުގައި
ބޭއްވި ސްކޫލް ކުދިންގެ ގައުމީ ލަވަ މުބާރާތުގެ އިތުރުން މިދިއަ އަހަރު ބޭއްވި މަދަހަ ރަން އަޑު ސީޒަން 2 ހިމެނެ އެވެ.