އެކްސިޑެންޓް

ރާ ފުޅިތަކެއް ހިފައިގެން ދުއްވަނިކޮށް އެކްސިޑެންޓްވެ އަނިޔާ

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ބާރު ސްޕީޑްގައި ސައިކަލެއް ދުއްވާފައި ދިޔަ މީހަކު އެކްސިޑެންޓްވެ އަނިޔާވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މަޖީދީމަގުން ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެއް މަޑު ކުރަން އެންގުމުން މަޑު ނުކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ސައިކަލުގެ ކޮންޓްރޯލް ގެއްލި އެކްސިޑެންޓްވެފައިވާ ކަމަށެވެ. އެކްސިޑެންޓްވީ މުލިއާގެ ފާރުގައި ޖެހިގެންނެވެ.

މި އެކްސިޑެންޓް ހިނގާފައިވަ ނީ މިއަދު ހަވީރު 4:30 އެހާކަންހާއިރު އެވެ. އެކްސިޑެންޓްގައި އަނިޔާވީ ބަންގާޅު ފިރިހެނަކަށެވެ. އެ މީހާ ފުލުހުންގެ ބެލުމުގެ ދަށުން އައިޖީއެމްއެޗަށް ގެންގޮސް މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި ސައިކަލްގައި އަޅުވާފައި އޮތް ކޮތަޅެއްގެ ތެރެއިން ބަނގުރާ ފުޅިތަކެއް ފެނިފައިވާ ކަމަށެވެ.