ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޑީސީ

އާ ކޮވިޑް ފެސިލިޓީ ސަރުކާރާ ހަވާލުކޮށްފި

Jan 14, 2022
3

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން -- އެޗްޑީސީން ހުޅުމާލޭގައި އަލަށް ހެދި ކޮވިޑް ފެސިލިޓީ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

އާ ކޮވިޑް ފެސިލިޓީ ހަދާފައިވަނީ އެޗްޑީސީން ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ކުރިން ބޭނުންކުރި އޮރެންޖު ހިޔާ އިމާރާތުގަ އެވެ. އެ އިމާރާތުގެ ސްޓްރަކްޗަރަށް ބައެއް ބަދަލުތައް ގެނެސްފައިވެ އެވެ.

ކޮވިޑް ފެސިލިޓީ ހިންގުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ހޮސްޕިޓަލްގެ ބެލުމުގެ ދަށުން ކަމަށް ހެލްތު މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ އާ ކޮވިޑް ފެސިލިޓީ މިދިޔަ ޑިސެމްބަރު ފަސްވަނަ ދުވަހު ސަރުކާރާ ހަވާލުކުރި ފަހުން ބައެއް ކަންކަން އިތުރަށް ފުރިހަމަކޮށްދިނުމަށް ހުޅުމާލެ ހޮސްޕިޓަލުން އެދިފައިވާތީ އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމަސައްކަތްތައް ވެސް މާޗް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމުގައި ވިދާޅުވި އެވެ.

ކުރިމަތިވެދާނެ ބަލިމަޑުކަމަކަށް ތައްޔާރުވުމުގެ ގޮތުން މާލެ ސަރަހައްދުގައި ދާއިމީ އިތުރު ކޮވިޑް ފެސިލިޓީއެއް ހެދުމަށް ސަރުކާރުން އެޗްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ.

ތިން ފަންގިފިލާ އަށް ހުންނަ އިމާރާތަކީ ބަލިމަޑުކަމެއްގައި ފަރުވާ ދެވޭނެ އިންތިޒާމުތައް ގާއިމުކޮށްފައިވާ ސެންޓަރެކެވެ. ވަކިން ހާއްސަކޮށް ކުރިން ހެދި ކޮވިޑް ފެސިލިޓީ ތަކުގައި އޮކްސިޖަން ސިލިންޑަރުތައް އުފުލަން ޖެހުނު ނަމަވެސް އާ ފެސިލިޓީ ހަދާފައިވަނީ ހޮޅިއަޅައިގެން ކޮންމެ އެނދަކަށް އޮކްސިޖަން ފޮނުވޭ ގޮތަށެވެ.

ހުޅުމާލޭގައި ކުރިން ހަދާފައި ހުރި ވަގުތީ ކޮވިޑް ފެސިލިޓީގައި 290 އެނދު ގާއިމުކޮށްފައިވެ އެވެ. އެ ފެސިލިޓީގައި އައިސޮލޭޓް ކުރެވޭނެ ބަޔަކާއި އައިސީޔޫ އެއްވެސް ގާއިމުކޮށްފައިވެ އެެވެ.

މީގެއިތުރުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލްގައި ވެސް 120 އެނދު ވަނީ ހާއްސަކޮށްފަ އެވެ.