ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި 34 އަހަރުގެ މީހަކު މަރުވެއްޖެ

ކޮވިޑް-19 ބަލީގައި އުމުރުން 34 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ދެންމެ ބުނީ ސ. ފޭދޫ ސިއްހީ މަރުކަޒަށް ގެނެވުނު 34 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެކެވެ.

މިއީ ރާއްޖޭގެ 265 ވަނަ ކޮވިޑް މަރެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ދަނީ ވަރަަށް ބޮޑަށް ގޯސްވަމުންނެވެ. މި ފަހުން އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނު ދުވަހަކީ އިއްޔެ އެވެ. އިއްޔެ 816 މީހަކަށް އެ ބަލި ޖެހުނެވެ. ރާއްޖޭގެ ކޮވިޑް ނަންބަރު މިހާރު ވަނީ 100،000 އަށް އަރާފައެވެ.