ހަބަރު

ސެނެގޯލާއި ގިނީ އެއްވަރު، މަލާވީ އުންމީދު އާ ކޮށްފި

މަހަންގާ ގޮލު ކާމިޔާބު ކުރުމަށް ފަހު އުފާ ފާޅު ކުރަނީ
0%
0%
0%

އެފްރިކަން ކަޕްގެ ގްރޫޕް ބީ ގައި ސެނެގޯލް އަދި ގިނީ ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް މަލާވީން ޒިންބާބުވޭގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކުރި ހޯދައި ގްރޫޕް ސްޓޭޖު ފަހަނަ އަޅައި ދިއުމަށް އުންމީދު އާ ކޮށްފި އެވެ.

ރޭ މަލާވީން ޒިންބާބުވޭގެ މައްޗަށް ކުރި ހޯދީ ޒިންބާބުވޭއިން ލަނޑުޖަހައި ލީޑު ނަގާފައި ވަނިކޮށް ފަހަތުން އަރައެވެ. ޒިންބާބުވޭގެ މި ލަނޑު އެމީހުން ކާމިޔާބު ކުރީ މެޗުގެ 38 ވަނަ މިނެޓުގައި އިޝްމައެލް ވަޑީ އެވެ.

ނަމަވެސް މެޗުގެ 45 މިނެޓު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް މަލާވީއަށް ނަތީޖާ ހަމަހަމަ ކޮށްދިނި ކޮށްދިނީ އެ ޓީމުގެ އެންމެ އިތުބާރު އެއް ކުޅުތެރިޔާ ކަމުގައިވާ ގަބަޑީނޯ މަހަންގާ އެވެ.

ދެވަނަ ހާފު ފެށިގެން ގިނަ އިރު ތަކެއްނުވެ މަލާވީން އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރި އެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ މަހަންގާ އެވެ.

މެޗުގައި ޒިންބާބުވޭގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ލިބުނު ފުރުސަތު ތަކުގެ ބޭނުން އެޓީމަށް ވަނީ ނާކާމިޔާބު ވެފައެވެ.

މި ގްރޫޕް ގައި ސެނެގާލް އަދި ގިނީ ވާދަކުރި މެޗު ނިމިގެން ދިޔައީ ދެ ޓީމުކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
މި ނަތީޖާ ތަކާއެކު ޒިންބާބުވޭ ކުޅުނު ދެ މެޗުން ވެސް ބަލިވެ އެޓީމަށް މިވަނީ މުބާރާތުގައި ކުރިޔަށް ދިޔުމަށް އޮތް ދޮރު ބަންދު ވެފައެވެ. މިގްރޫޕްގެ އެއްވަނަ ދެވަނަ ތިންވަނަ ލިބިގެންދާ ޓީމެއް އެނގޭނީ ގްރޫޕް ސްޓޭޖުގެ ރައުންޑް 3 ގައެވެ. ނަމަވެސް ގްރޫޕް ސްޓޭޖުން ތިން ވަނަ ލިބިގެންދާ ޓީމު ދެވަނަ ބުރަށް ދިއުމަށް އޮންނާނީ ވަރަށް ހަނި ޖާގައެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910