ހަބަރު

ވެސްޓް ޕާކް ބަސް ދަތުރުތައް ފަށަން ތައްޔާރު ވެއްޖެ

އެމްޓީސީސީން އަލުން ވެސްޓް ޕާކް ބަސްރޫޓް އަށް ބަހުގެ ހިދުމަތް ދޭން ތައްޔާރު ވެއްޖެއެވެ.

އެ ކުންފުނިން އެކަން ހާމަ ކޮށްފައި ވަނީ ސުކޫލުތައް މާދަމާ ހުޅުވާތީ ބަހުގެ ހިދުމަތަށް ގެނައި ބަދަލުތަކާއެކު އާންމުކުރި ޝެޑިއުލްގައެވެ. އެ ޝެޑިއުލް ގައި ވާގޮތުގައި ނައިޓް މާކެޓާއި ގުޅިގެން ވެސްޓްޕާކް އަށް ގެނެވުނު ބަދަލު އުވާލައި ކުރިއެކޭވެސް އެއްފަދައިން މާދަމާއިން ފެށިގެން ވެސްޓްޕާކަށް ބަސް ދަތުރު ކުރާނެ ކަމަަށް ބުންޏެވެ.

މަގު ބަންދުކޮށްފައި އޮތް މުއްދަތުގައި ވެސްޓްޕާކު ހުޅުމާލެ އަދި ވެސްޓްޕާކް ވީއައިއޭގެ ރޫޓު ބަދަލު ކުރީ ދަރުމަވަންތަ ހޮސްޕިޓަލުގެ ބަސް ސްޓޮޕަށެވެ.

މި ބަދަލު ގެންނަމުން އެމްޓީސީސީން ބުނެފައި ވަނީ ކުރި އެކޭވެސް އެއްގޮތަށް ޖެނުއަރީ ހަވަނަ ދުވަހުން ފެށިގެން ވެސްޓްޕާކް ރޫޓުގެ ދަތުރުތައް އަލުން ފަށާނެ ކަމަށެވެ. ނަމަވެސް އެތާރީހުގައި ވެސްޓް ޕާކްގެ ދަތުރު ތައް ފެށިފައެއް ނުވެއެވެ. ދަތުރުތައް ފެށުން ލަސްވީ ކީއްވެ ކަމެއް އެ ކުންފުނިން ނުބުނެއެވެ.