ބޮލީވުޑް

ސަލްމާނަކީ ވަރަށް ބޮޑާ މީހެއްކަމަށް ހީކުރިން: އާމިރު

ސަލްމާނާއި އާމިރު "އަންދާޒް އަޕްނާ އަޕްނާ" ގައި
0%
0%
0%

ސަލްމާން ޚާނާއި އާމިރު ޚާން ފިލްމު ކުޅެން ފެށީ ދާދި އެކުއެކީގަ އެވެ. އަދި ކެރިއަރުގެ ވަރަށް ކުރީކޮޅު ދެ މީހުން އެކުގައި ވަރަށް މޮޅު އަދި މަޖާ ފިލްމެއް ވެސް ކުޅުނެވެ. "އަންދާޒް އަޕްނާ އަޕްނާ" އެވެ. އެ ފިލްމު ކުޅުނު ދުވަސްވަރު މި ދެ އެކްޓަރުންގެ މެދުގައި ވަރަށް ހަމަނުޖެހުން އޮތެވެ. އަދި އާމިރު އޭރު ގަބޫލު ކޮށްގެން ހުރީ ސަލްމާނަކީ ވަރަށް ފޮނި، ބޮޑާ މީހެއް ކަމަށެވެ. އެހެންވެ އެ ފިލްމު ޝޫޓް ކުރިއިރު ވެސް ސަލްމާނާ ވީހާ ވެސް ދުރުން އުޅެވޭތޯ އާމިރު ބެލި އެވެ.

" އަހަރެމެން 'އަންދާޒް އަޕްނާ އަޕްނާ' ކުޅުނުއިރު ސަލްމާނާ ހެދި ވަރަށް ހިތި ތަޖުރިބާތަކެއް ކުރެވުނު. އޭރު އަހަރެން އޭނަ ދެކެ ވަރަށް ފޫހިވޭ. އަހަރެންނަށް ފެނުނީ އޭނައަކީ ވަރަށް ބޮޑާ އަދި އެހެން މީހުންނާ ދޭތެރޭ ނުވިސްނާ މީހެއްގެ ގޮތުގަ. އެ ތަޖުރިބާތަކަށް ބަލާފައި ސަލްމާނާ ވީހާވެސް ދުރުގައި އުޅުމަށް އަހަރެން ގަސްތުކުރިން،" ކޮފީ ވިތު ކަރަން އެޕިސޯޑެއްގައި އާމިރު ޚާން ބުނެފައި ވެއެވެ.

ނަމަވެސް ފަހުން މި ދެ އެކްޓަރުން ބައްދަލުވެ ގުޅުން ބަދަހިވި އެވެ. އެއީ 2002 ވަނަ އަހަރެވެ. އާމިރު އޭރު އުޅެނީ ފުރަތަމަ ކައިވެނި ރޫޅި އެކަމުގެ ހާސްކަމާއި ހިތްދަތިކަމުގަ އެވެ. އެ ދުވަސްވަރުގެ ބައްދަލުވުމުން ސަލްމާނަކީ ވަރަށް ރަނގަޅު އިންސާނެއް ކަމާއި އޭނާއަށް ކުރެވުނީ ވަރަށް ބޮޑު ކުށް ހީއެއްކަން އާމިރަށް ވިސްނުނެވެ.

"ސަލްމާނާ އަލުން އަހަރެންނާ ބައްދަލުވީ އަހަރެންގެ ހަޔާތުގެ އެންމެ ހިތްދަތި ދުވަސްތަކުގަ. އަންހެނުން ވަރި ކުރުމަށް ފަހު އަހަރެން ވަރަށް ހިތާމައިގައި އުޅެނިކޮށް. އެއް ދުވަހަކު އިއްތިފާގަކުން އޭނާއާ ދިމާވީ. އެ ދުވަހު ސަލްމާން ބުނި އަހަންނާ ބައްދަލު ކޮށްލަން ބޭނުމޭ. އެ ބައްދަލުވުމަށް ފަހު އަހަރެމެންގެ ގުޅުން ބަދަހިވީ. އަދި އޭރުއްސުރެ އަހަރެމެން ދެމީހުންގެ ވަރަށް ގާތް އެކުވެރިކަމެއް އޮވޭ،" އާމިރު ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345