ހަބަރު

ސަލާހުގެ ގޯލާއެކު ގިނީ ބިސާއޫ ބަލިކޮށްފި

ސަލާހުގެ ގޯލަށް ފަހު މިސްރު ކުޅުންތެރިން އުފާ ފާޅު ކުރަނީ
0%
0%
0%

އެފްރިކަން ކަޕުގައި ރޭ ގިނީ ބިސާއޫ އަދި މިސްރު ވާދަކުރި މެޗުން ސަލާހުގެ ގޯލާއެކު މިސްރު ކުރި ހޯދައިފި އެވެ.

މެޗުގެ ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި ސަލާހު ކާމިޔާބު ކުރި ގޯލަކީ މިސްރުގެ ވާތް ފަޅިން އަރި މައްޗަށް ކުޅޭ އަލް ސުލައްޔާގެ އެސިސްޓަކުން ކާމިޔާބު ކުރި ގޯލެކެވެ. މެޗުގެ 80 ވަނަ މިނެޓުގެ ތެރެގައި ގިނީ ބިސާއޫގެ ފަރާތުން އޮފްސައިޑް ގޯލެއް ފެނިގެން ދިޔައެވެ. އެ ގޯލަކީ އޮފްސައިޑް ގޯލެއް ކަމަށް ރެފްރީ ނިންމީ ވީއޭއާރް ބެލުމަށް ފަހު އެވެ.

މި މެޗުގައި ސަލާހުއަށް ގޯލު ޖަހަން ވަރަށް ގިނަ ފުރުސަތު ލިބިގެން ދިޔަ އެވެ. އަދި އިތުރު ވަގުތުގެ ތެރޭގައި ގިނީ ބިސާއޫގެ މޮރޭޓޯ ކަސާމާއަށް ވަނީ ގޯލެއް ކާމިޔާބު ކޮށް ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ލިބި ނާކާމިޔާބު ވެފައެވެ.

އެފްރިކަން ކަޕް ގައި ރޭ ދެން ކުޅުުނު ނައިޖީރިއާ އާއި ސޫދާންގެ މެޗު 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ނައިޖީރިއާ އެވެ. މިމެޗުގައި ނައިޖީރިއާއަށް ފުރަތަމަ ގޯލު ޖަހައި ދިނީ ސަމުއެލް ޗުކްވުއެޒް އެވެ. އަނެއް ދެގޯލު ފެނިގެން ދިޔައީ މެޗުގެ ދެވަނަ ހާފުގަ އެވެ.

މެޗުގައި ސޫދާން ގެ ހަމަ އެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ނެވެ.

މި ނަތީޖާ ތަކާއެކު ގްރޫޕް ޑީގެ އެއްވަނައި ގައި އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ނައިޖީރިއާ އެވެ ދެ ވަނައިގައި މިސްރު އޮތީ ތިން ޕޮއިންޓާ އެކުއެވެ. ތިން ވަނައިގައި އޮތް ގިނީ ބިސާއު އާއި ހަތަރެއްގައި އޮތް ސޫދާނަށް ވެސް ލިބިފައި ވަނީ ޕޮއިންޓެކެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910