ކ. ގާފަރުގައި ބަހައްޓާފައިވާ 15 ޓަނުގެ ދެ އާރްއޯ ޕްލާންޓުން ފެން ދޫކުރަން ފަށައިފި އެވެ.
ސްޓެލްކޯ އިން ބުނީ ގާފަރުގައި މިވަގުތު ގާއިމްކޮށްފައިވާ ފެނުގެ ސިސްޓަަމަކީ ގެތަކަށް ނެޓްވޯކް / ހޮޅި ގުޅާފައިވާ ސިސްޓަމަކަށް ނުވުމުުން އާންމު ބޭނުންތަކަށް ފެން ދޫކުރުމަށް ހަމަޖެހިފައިވަނީ ފެން ޕްލާންޓުގެ ބޭރުގައި ހަރުކޮށްފައިވާ ފެން އިސްކުރުން ކަމަށެވެ.
ކޮންމެ ރައްޔިތަކަށްވެސް ދުވާލަކު ގިނަވެގެން 20 ލީޓަރުގެ ފެން ދޫކުރާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ފެން ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކުވެސް ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ.