ހއ. ހޯރަފުށި

ހޯރަފުށި މަގުތައް ހެދުމުގެ މަސައްކަތް ފަށައިފި

Jan 16, 2022

ހއ. ހޯރަފުށީގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތްތައް މިއަދު ފަށައިފި އެވެ.

ހޯރަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އަމަލީ ގޮތުން ފައްޓަވައިދެއްވީ ހޯރަފުށި ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމެވެ. މިމަޝްރޫއު މިދިޔަ ނޮވެމްބަރު 19 ވަނަ ދުވަހު އިފްތިތާހު ކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމް އެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމާއި އެމްޓީސީސީގެ އިސްވެރިންނާއި އަދި ހޯރަފުށީ ކައުންސިލްގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ހޯރަފުށި މަގުތައް ހެދުމުގެ މަސައްކަތްތަކުގެ ދަށުން 11 މަގެއް ހެދުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ޖުމްލަ 5.3 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރާނެ އެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 71.9 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުގެ ދަށުން މަގުތަކުގައި ނިޝާން ހަރުކުރުމާއި، ޕޭމަންޓް ހެދުމާއި، ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، ސްޕީޑްބްރޭކަރު ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެ އެވެ