ދައުލަތުގެ އާމްދަނީ

އެންމެ ބޮޑަށް ޖޫރިމަނާ ކުރީ 2016 ވަނަ އަހަރު

ވޭތުވެދިޔަ 12 އަހަރުތެރޭގައި ޖޫރިމަނާ އިން ދައުލަތަށް ލިބުނު އާމްދަނީ އަށް ބަލާއިރު އެންމެ ބޮޑަށް ޖޫރިމަނާ ފައިސާ އެއްކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ. އެ އަހަރު ޖޫރިމަނާ އިން އެކަނި އާމްދަނީ އަށް 270 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތައް އަޅާ ކިޔާލުމުން ފެންނަ ގޮތުން އެންމެ ބޮޑަށް ޖޫރިމަނާއެއް ކުރީ 2016 ވަނަ އަހަރު ނަގާފައި ދެން އެންމެ ބޮޑު އާމްދަނީއެއް ޖޫރިމަނާގެ ގޮތުގައި ލިބުނީ 2015 ވަނަ އަހަރު އެވެ. އެ އަހަރު 257 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.

12 އަހަރުގެ ޖޫރިމަނާގެ ނަމްބަރުތައް (މިލިއަނުން)

  • 2010- 44
  • 2011- 50
  • 2012- 51
  • 2013- 54
  • 2014- 116
  • 2015- 257
  • 2016- 270
  • 2017- 195
  • 2018- 226
  • 2019- 197
  • 2020- 128
  • 2021- 184

ޖޫރިމަނާގެ ގޮތުގައި ދައުލަތަށް އެންމެ ބޮޑަށް އާމްދަނީއެއް ލިބޭ ދާއިރާތަކުގެ ތެރޭގައި ޓެކުހާ ގުޅޭ އިޖުރާތުތައް ފުރިހަމަ ކުރުމާއި އެއްގަމު އުޅަނދުގެ ސްޓިކާ ޖެހުން ހިމެނެ އެވެ.