ޓޫރިޒަމް

ޓީޖީއެސްޓީން ތިން ބިލިއަން، ބިމު ކުލިން 921 މިލިއަން

ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ތިން ބިލިއަނަށް އެެރިއިރު، ޓޫރިޒަމުން ބިމު ކުލީގެ ގޮތުގައި 921 މިލިއަން ރުފިޔާ ލިިބިއްޖެ އެވެ.

މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ޓޫރިޒަމް ޖީއެސްޓީ (ޓީޖީއެސްޓީ) ގެ ގޮތުގައި ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން ޓޫރިޒަމް ބަލި ކޮށްލި މިދިޔަ އަހަރު މި ޓެކުހުން ލިބުނީ 1.6 ބިލިއަން ރުފިޔާ އެވެ.

ޓޫރިޒަމަށް ދެން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ރިސޯޓުތަކާއި ޓޫރިޒަމް ބިމު ކުލިން އާމްދަނީގެ ގޮތުގައި މިހާތަނަށް 921 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި ޓެކުހުން މިދިޔަ އަހަރުގެ ޖޫންގެ ނިޔަލަށް ލިބުނީ 366 މިލިއަން ރުފިޔާ އެވެ.

ޓޫރިޒަމާ ގުޅުންހުރި އެހެން ޓެކްސްތައް

  • ގްރީން ޓެކްސް: 398 މިލިއަން
  • ލޭންޑް އެކުއެޒިޝަން ފީ 18 މިލިއަން

ޓޫރިޒަމާ ގުޅުންހުރި ޓެކްސްތައް އިތުރުވެފައިވަނީ ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވާން ފެށުމާ ގުޅިގެންނެވެ. މިގޮތުން ކޮވިޑް-19 ގެ ދެވަނަ ރާޅަށްފަހު އަލުން ހުޅުވާލުމަށްފަހު މިހާތަނަށް ބައި މިލިއަނަށްވުރެ ގިނަ މީހުން ވަނީ އައިސްފަ އެވެ.