ޕްލޭނިން މިނިސްޓްރީގެ ނައިބަކަށް ފުވައްމުލަކު ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފް ހަމަޖައްސައިފި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ފަލާހް އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.
ފަލާހް މީގެ ކުރިން ވަނީ ޏ. އަތޮޅު ކައުންސިލްގެ ރައީސްކަމާއި ފުވައްމުލައް ސިޓީގެ މޭޔަރުގެ މަގާމު ފުރުއްވާފަ އެވެ.
ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކުގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށްޓަކައި ފަލާހް ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާފަ އެވެ. ނަމަވެސް ޕްރައިމަރީ ކާމިޔާބު ކުރެއްވޭ ގޮތް ނުވުމުން އިންތިހާބުގައި ވާދަކުރައްވާފައެއް ނުވެ އެެވެ.