މިސީޒަނުގައި ޓީމު ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެންމެ ފަހުން ޗެލްސީގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކޮށްފި އެވެ.
ދެ ވަނަ ފަހަރަށް ޗެލްސީއާ ހަވާލުވެ، މިދިޔަ ސީޒަނުގެ އިނގިރޭސި ލީގު ހޯދައިދިންތާ އެންމެ ހަތް މަސް ފަހުން މޮރީނިއޯ މަގާމުންވަކިކުރި ޓީމު އޮތީ ތާވަލުގެ 16 ވަނާގަ އެވެ.
ޗެލްސީގެ އެންމެ ކާމިޔާބު ކޯޗު މޮރީނިއޯ މަގާމުން ވަކިކުރަން ނިންމީ ކުލަބުގެ ވެރިޔާ ރޯމަން އަބްރޮމޮވިޗާއެކު ބޯޑުގެ އަނެއް ހަތަރު މެމްބަރުން ބޭއްވި އެމެޖެންސީ މީޓިންއެއްގަ އެވެ.
ޗެލްސީން ބުނީ މޮރީނިއޯ މަގާމުން ވަކިކުރީ އޭނާ އާއި ކުލަބުގެ ބޯޑުން އެކަމާ މަޝްވަރާކޮށް އެއްބަސްވެވުމުން ކަމަށެވެ. އަދި އޭނާ އަކީ ކުލަބުގެ 110 އަހަރުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކޯޗުކަމަށާއި އޭނާ އަށް ކާމިޔާބު ލިބުމަށް އެދޭ ކަމަށެވެ.
އިނގިރޭސި މީޑިޔާއިން ބުނާގޮތުގައި މޮރީނިއޯ މަގާމުން ވަކިކޮށްފިނަމަ ބަދަލެއްގެ ގޮތުން އޭނާ އަށް މަދުވެގެން 40 މިލިއަން ޕައުންޑް ދޭންޖެހޭނެ އެވެ. އެއީ ޗެލްސީއާއެކު ހުސްވި ސީޒަނަށް ފަހު އޭނާ ހެދި ހަތަރު އަހަރުގެ ކޮންޓްރެކްޓަށްވާ ފައިސާ އެވެ. މި ކޮންޓްރެކްޓް ބުނާގޮތުން މުސާރައިގެ ގޮތުގައި ހަފުތާއަކު މޮރީނިއޯ އަށް 250000 ޕައުންޑް ދޭންޖެހޭނެ އެވެ.
ނަމަވެސް ޗެލްސީން ބުނީ މިއަދަދު މޮރީނިއޯ ބޭނުންނުވާ ކަމަށާއި އެއްބަސްވެވުނީ މި ސީޒަން ނިމެންދެން މުސާރަދިނުމަށް ކަމަށެވެ. އެއީ އަހަރަކު އޭނާ އަށް 12 މިލިއަން ޕައުންޑް މުސާރައަށް ދޭންޖެހޭތީ އެވެ.
އިނގިރޭސި މީޑިޔާއިން ބުނާގޮތުގައި މޮރީނިއޯ މަގާމުން ވަކިކޮށްފިނަމަ ބަދަލެއްގެ ގޮތުން އޭނާ އަށް މަދުވެގެން 40 މިލިއަން ޕައުންޑް ދޭންޖެހޭނެ އެވެ. އެއީ ޗެލްސީއާއެކު ހުސްވި ސީޒަނަށް ފަހު އޭނާ ހެދި ހަތަރު އަހަރުގެ ކޮންޓްރެކްޓަށްވާ ފައިސާ އެވެ. މި ކޮންޓްރެކްޓް ބުނާގޮތުން މުސާރައިގެ ގޮތުގައި ހަފުތާއަކު މޮރީނިއޯ އަށް 250000 ޕައުންޑް ދޭންޖެހޭނެ އެވެ.
މޮރީނިއޯގެ ކުރިމަގު ސުވާލުމާކެއްގެ ތެރެއަށް ދިޔައީ އިއްޔެރޭ ލެސްޓާ ސިޓީ އަތުން ބަލިވެ ޓޭބަލުގެ 16 ވަނަ އަށް ވެއްޓުމުންނެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަން ޓީމު މި ސީޒަނުގައި މިހާތަނަށް ކުޅުނު 16 މެޗުގެ ތެރެއިން ނުވަ މެޗުން ބަލިވެ ލިބިފައިވަނީ އެންމެ 15 ޕޮއިންޓެވެ. މިހެންވެ ގަދަ ހަތަރަކަށް އެރުމަކީ ވެސް ނުވާނެ ކަމެއް ކަމަށް މޮރީނިއޯ ބުނެ އެވެ. ނަމަވެސް ގަދަ ހަޔަކަށް އަރަން އޭނާ އުއްމީދު ކުރެ އެވެ.
މީގެ ތިން އަހަރު ކުރިން ދެ ވަނަ ފަހަރަށް މޮރީނިއޯ ޗެލްސީއާ ހަވާލުވީ 2007 ވަނަ އަހަރު ވެސް އެކުލަބުން އޭނާ މަގާމުން ވަކިކޮށްފައިވަނިކޮށެވެ. ކުލަބުގެ އެންމެ ކާމިޔާބު ކޯޗު ދެ ވަނަ ފަހަރަށް ޗެލްސީ އަށް ގެނައީ ބޯޑުގެ ފަސް މެމްބަރުންގެ ތެރެއިން ތިން މެމްބަރުން ތާއީދު ކުރުމުންނެވެ. ނަމަވެސް މިއަދު ބާއްވާ މީޓީންގައި މޮރީނިއޯ އަށް އިތުބާރު ނުލިބޭނެ ކަމަށް މީޑިޔާތަކުން ލަފާކުރެ އެވެ.
ނަމަވެސް ޗެލްސީ އަށް ދިމާވެފައިވާ މައްސަލަތަކުގެ ޒިންމާ ކުޅުންތެރިން ވެސް ނަގަންޖެހޭ ކަމަށް އެ ކުޅުންތެރިން ދަނީ ބުނަމުންނެވެ. އެންމެ ފަހުން މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކީ ސެސް ފެބްރިގާސް އެވެ. އޭނާ ބުނީ ކުޅުންތެރިންނަށް ކުލަބުން ދޭ މުސާރަ ހައްގުވާވަރަށް ކުޅުންތެރިންނަށް ނުކުޅެވޭ ކަމަށެވެ. އަދި މެޗުތަކުން ބަލިވަމުންދާއިރު ވެސް ކުޅުންތެރިންގެ ފަރާތުން ޕޮޒިޓިވް ކަންތައްތައް ފެންނަންޖެހޭނެ ކަމަށާއި ނަމަވެސް މަދު ކުޅުންތެރިއަކު މެނުވީ ކުލަބަށް ހެޔޮހިތުން މަސައްކަތް ނުކުރާ ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.
އަނެއްކޮޅުން މޮރީނިއޯ ވަނީ މަގާމުގައި ދެމިހުންނަން ބޭނުންވާކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އޭނާ ބުނީ ކުލަބުގެ އެންމެ ކާމިޔާބު ކޯޗު މަގާމުން ވަކިކުރުމަކީ އޮންނަ ކަމެއްނޫން ކަމަށެވެ. އޭނާގެ މި ވާހަކަ އަށް ދުނިޔޭގެ މޮޅު ކޯޗުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.