ކުޅިވަރު

މޮޅު ކުޅުންތެރިޔާގެ އެވޯޑް ލެވެންޑޮސްކީއަށް

ލެވަންޑޮސްކީ އެވޯޑް އާއިއެކު ފޮޓޯއަކަށް ހުއްޓިގެން
66.7%
33.3%
0%

ފީފާ އިން އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށް ދޭ "ދަ ބެސްޓް" ފީފާ މެންސް ޕްލެޔާ އެވޯޑް ބެޔާން މިއުނިކްގެ ޕޯލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ހޯދައިފި އެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ އިން ރޭ ބޭއްވި ހަފުލާގައި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ލެވަންޑޯސްކީ ހޮވުމާއެކު އޭނާ މިވަނީ ވިދިވިދިގެން ދެފަހަރަށް މި އެވޯޑް ހޯދާފަ އެވެ. އެގޮތުން މި އެވޯޑު އެންމެ ފަހުން ދިން 2020 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދީ އޭނާ އެވެ. އޭނާ އާއެކު މިފަހަރު މިއެވޯޑަށް ދެން ވާދަކުރީ ފްރާންސް ގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އާއި ލިވަޕޫލަށް ކުޅޭ މިސްރުގެ ތަރި މުހައްމަދު ސަލާހެވެ.

ނިމިގެން ދިޔަ އަހަރު ލެވްނޑޯސްކީ ހޯދި ކާމިޔާބީ ތަކަށް ބަލާއިރު މިދިޔަ އަހަރު ބެޔާންގައި ފީފާ ކްލަބް ވޯލްޑް ކަޕް އަދި ބުންޑެސްލިގާ ކާމިޔާބު ކުރުން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ބުންޑަސް ލީގާގައި ކުޅުނު 29 މެޗުން 41 ގޯލު ޖަހައިގެން ޖަރުމަންގެ ގާޑް މުލާ ހަދާފައިވާ 40 އަހަރުވީ ދިގު ރެކޯޑް މުގުރާލައިފަ އެވެ.

މިއަހަރު ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕުގެ ކޮލިފައިން މެޗުތަކުގައި ޕޮލެންޑާއެކު މޮޅު ކުޅުމެއްދައްކައި ގިނަ މެޗު ތަކުގައި ގޯލު ޖަހާފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހަސަނުގ

މެސީއަށް ތި ލިބެން ޖެހޭނީ. ފީފާ ބޯއީ ރޯނެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910