ހަބަރު

މޮޅު ގޯލު ކީޕަރުގެ މަގާމު މެންޑީ ހޯދައިފި

ޗެންޕިަންސް ލީގުގެ ސެމީ ފައިނަލް މެޗުގެ މޭން އޮފް ދަ މެޗް ހޯދުމަށް ފަހު މެންޑީ ޓްރޮފީއާއެކު
0%
0%
0%

ފީފާއިން ހޮވާ އެންމެ މޮޅު ގޯލު ކީޕަރު މަގާމު ޗެލްސީ އާއި ސެނެގޯލްގެ ކީޕަރު އެޑުއާޑް މެންޑީ ހޯދައިފި އެވެ.

މި އެވޯޑް އޭނާ ހޯދީ މިދިޔަ އަހަރު ކްލަބް ވޯލްޑްކަޕް އަދި ޖަރުމަން ބުންޑަސް ލީގާ ބެޔާން މިއުނިކާއެކު ހޯދި މެނުއެލް ނޯޔާ އާއި އިޓަލީއާއެކު ޔޫރޯ ކާމިޔާބުކޮށް އަދި ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ޖިއާންލުއިޖީ ޑޮނަރޫމާ އާއި ވާދަ ކޮށެވެ.

ނިމިގެން ދިޔަ ސީޒަނުގައި ދުނިޔޭގެ އެންމެ ގިނަ ކުލަބު ތަކުން އަދި ފުޓުބޯޅަ ބަލާ މީހުންނަށް އެންމެ ފަރިތަ އެއް ނަމަކީވެސް މެންޑީ އެވެ. ސަބަބަކީ މިދިޔަ ސީޒަނުގައި މެންޑީ ޗެލްސީ އާއެކު ޗެންޕިއަންސް ލީގު އަދި ޔޫއެފާ ސުޕަ ކަޕް ކާމިޔާބު ކޮށްފައިވާތީ އެވެ.

މީގެ އިތުރުން ޕްރިމިއާ ލީގުގެ މަޝްހޫރު ފެންޓަސީ ލީގުގައި ވެސް ކުރު މުއަދަތެއްގެ ތެރޭގައި އެންމެ ގިނަ މީހުން އެމީހުންގެ ޑްރީމްޓީމުން ވެސް އޭނާ ވަނީ ޖާގަ ހޯދާފަ އެވެ. ނިމި ދިޔަ ސީޒަނުގައި މެންޑީ ވަނީ ޕްރިމިއާ ލީގުގައި މިދިޔަ ސީޒަނުގައި 16 ކްލީން ޝީޓާއެކު ދެވަނަ އަށް އެންމެ ގިނަ ކްލީން ޝީޓު ހެދި ގޯލު ކީޕަރުގެ މަގާމު ހޯދާފަ އެވެ.

ސެނެގޯލް އަދި ގިނީ ބިސާއޫ އަށް ނިސްބަތްވާ މެންޑީ ޗެލްސީއަށް ސޮއި ކުރީ 2020 ސެޕްޓެންބަރުގަ އެވެ. ގައުމީ ޓީމުގެ ގޮތުގައި ސެނެގޯލަށް ކުޅެން ނިންމައި ގައުމަށް ފުރަތަމެޗު ކުޅުނީ 2018 ވަނަ އަހަރު އެވެ.

އެހެން ގޯލު ކީޕަރުންނާއި ހިލާފަށް މެންޑީއަކީ ވަރަށް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ވިދާލި ކީޕަރެކެވެ. ޗެލްސީގެ ގޯލުގައި ކީޕާ ކެޕާ ކެނޑި ނޭޅި ހަދަމުންދިޔަ ގޯސްތަކުން އަރއިގަތުމަށް އޭރުގެ ކޯޗު ފްރެންކް ލަމްޕާޑް އަޖުމަ ބަލާލުމުގެ ގޮތުން ދިން ފުރުސަތެއްގެ ބޭނުން ހިފައި މެންޑީ ވަނީ އެންމެ މޮޅު ގޯލްކީޕަރަށް ވެފައެވެ.

އެފްރިކަން ކަޕްގައި ކެމަރޫން ގައި ހުރުމުން ރޭގެ އެވޯޑް ހަފްލާއަށް މެންޑީ ހާޒިރު ވެފައެއް ނުވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910