ފިލިޕީންސްގެ އަސްކަރިއްޔާ ބާރުގަދަ ކުރުމަށްޓަކައި ބްލެކްހޯކް 32 ހެލިކޮޕްޓަރު ގަންނަން ނިންމައިފި އެވެ.
ފިލިޕީންސްއިން އޯޑަރުކުރި ހެލިކޮޕްޓަރުތައް އުފައްދަން ހަމަޖެހިފައި ވަނީ ޕޮލޭންޑްގަައި ހުންނަ އެމެރިކާގެ ލޮކްހީޑް މާޓީންގެ ފެކްޓަރީއެެއްގަ އެވެ. މި އޯޑަރުގެ ޖުމުލަ އަގަކީ 620 މިލިއަން ޑޮލަރެވެ.
ބްލެކްހޯކް ހެލިކޮޕްޓަރު ގަންނަ ސަބަބެއް ކަމަށް އަސްކަރިއްޔާއިން ބުނީ އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަންތަކުގައި ބޭނުން ކުރަން ކަމަށެވެ. އަދި ބުނީ އެކަށީގެންވާ ޒަމާނީ އާލާތްތައް ފިލިޕީންސްގައި ނެތްކަން ކޮވިޑް ތެރޭގައި އެނގިފައިވާ ކަމަށެވެ.
ރެސްކިޔު މިޝަންތަކަށް އެކަށީގެންވާ ވަރަށް ފިލިޕީންސްގައި ހެލިކޮޕްޓަރު ނެތް ސަބަބެއް ކަމަށް ބުނީ، ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާތަކުގައި ހަލާކުވާ އަދަދަށް ބަދަލު ލިބިފައި ނުވާތީ ކަމަށެވެ.
ބްލެކްހޯކް ހެލިކޮޕްޓަރުގެ އިތުރުން އިންޑިއާއިން މިސައިލް ނިޒާމެއް ގަތުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.
މިސައިލް ނިޒާމާ ބެހޭ ގޮތުން އަސްކަރިއްޔާއިން ބުނީ އެއީ ކަނޑުގެ ސިފައިން ޒަމާނީކޮށް އާޓެކްނޮލޮޖީއަށް ފަރިތަކުރަން ލިބިގަންނަ ބާރުވެރިކަމެއް ކަމަށެވެ.
އިންޑިއާ އަތުން ހަތިޔާރާއި މިސައި ޑިފެންސް ސިސްޓަމެއް ގަތުމަށް ފިލިޕީންސް މަސައްކަތްކުރާތާ ދުވައްތަކެއް ވެއްޖެ އެވެ. އެހެން ނަމަވެސް އިންޑިއާއަށް ދިވާވެފައި ހުރި ގޮތް ނޭނގޭ ސަބަބުތަކަކާ ހެދި ވަނީ ލަސްވެފަ އެވެ.
ފިލިޕީންސްއިން ޒަމާނީ ހަތިޔާރު ހޯދައި އަސްކަރިއްޔާ ވަރުގަދަކުރަން މަސައްކަތް ހަލުއިކޮށްފައި ވަނީ ދެކުނު ޗައިނާ ކަނގުގައި އެގައުމުގެ އުޅަނދުފަހަރަށް ގޯނާކުރުން ވަރަށް ބޮޑު މައްސަލައަކަށް ވެފައި ވަނިކޮށެވެ.
ފިލިޕީންސްގެ ކަނޑު ތޮރުފައި ޗައިނާ ވައްކަންކުރާ ކަމަށް ފިލިޕީންސްއިން ކުރިން ވަނީ ބުނެފަ އެވެ.