ހަބަރު

ފީފާގެ އެންމެ މޮޅު ކޯޗުންނަށް ޗެލްސީގެ ކޯޗުން

ފީފާއިން ހޮވާ އެންމެ މޮޅު ފިރިހެން ޓީމުގެ ކޯޗަކަށް ޗެލްސީގެ ޖަރުމަން ކޯޗް ތޯމަސް ޓުހޫލް އަދި ޗެލްސީގެ އަންހެން ޓީމްގެ ކޯޗް އެމާ ހެޒް ހޮވިއްޖެ އެވެ.

ފީފާއިން ހޮވާ އެންމެ މޮޅު ފިރިހެން ޓީމުގެ ކޯޗަކަށް ޓުހޫލް ހޮވުނީ މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ އާއި އިޓަލީގެ ގައުމީ ކޯޗު ރޮބާޓޯ މަންޗިނީ އާއި ވާދަ ކޮށެވެ. މި ދިޔަ ސީޒަނުގައި ޓުހޫލް ވަނީ ޗެލްސީ އާއެކު ޗެންޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން އިނގިރޭސި އެފްއޭ ކަޕް ގެ ފައިނަލާއި ހަމަޔަށް ދަތުރު ކޮށްފަ އެވެ. އެފްއޭ ކަޕުގެ ފައިނަލުން ޗެލްސީން އާސެނަަލް އާއި ވާދަކޮށް ބަލިވީ 21 ގެ ނަތީޖާއަކުންނެވެ. އަދި އޭނާ ވަނީ ޗެލްސީއަށް ސުޕަ ކަޕް ވެސް ހޯދައިދީފަ އެވެ.

އެމާ އެންމެ މޮޅު ކޯޗު ކަމުގެ މަގާމު ހޯދީ ޗެމްޕިއަންސް ލީގު ނޫން ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްގެންނެވެ. ޗެމްޕިއަންސް ލީގު ފައިނަލުގައި ޗެލްސީ ބަލިވީ ބާސެލޯނާ އަތުންނެވެ.

މީގެ އިތުރުން ފީފާއިން ހޮވާ އެންމެ މޮޅު ގޯލު ނުވަތަ ޕުސްކަސް އެވޯޑް ލިބުނީ ޓޮޓެންހަމް އަށް ކުޅުނު އެރިކް ލަމޭލާ އާސެނަލް ކޮޅަށް ލީގުގައި ޖެހި ހިއްގައިމު ރަބޯނާ ގޯލަށެވެ. ކުރީ އަހަރު ޕުސްކަސް އެވޯޑް ހޯދީ ޓޮޓެން ހަމްގެ ސައުތް ކޮރެއާގެ ތަރި ސޮން އެވެ.

ފީފާގެ ފެއާ ޕްލޭ އެވޯޑް ލިބިގެން ދިޔައީ ޑެންމާކް ގެ ގައުމީ ޓީމަށެވެ. ފީފާއިން ދޭ ސްޕެޝަލް އެވޯޑް ލިބިގެން ދިޔައީ ކްރިސްޓީއާނޯ ރޮނާލްޑޯއަށެވެ.