ޑރ. އަބްދުﷲ މައުސޫމް

"ހާއްސަ އެހީގެ ފަތުރުވެރިންގެ މާކެޓް ހޯދަން ޖެހޭ"

ހާއްސަ އެހީއަށް ބޭނުންވާ ފަތުރުވެރިންގެ މާކެޓް ރާއްޖެއަށް ހޯދުން ވަރަށް މުހިންމު ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގަ އެވެ. މައުސޫމް ވިދާޅުވީ ރާއްޖެއަކީ ކޮންމެ މީހަކަށް ވެސް ފަސޭހައިން އާދެވޭ މަންޒިލަކަށް ހަދަން ޖެހޭ ކަމަށެވެ.

އެގޮތުން ފެނުމާއި އަޑު އިވުމާއި އަދި ހިނގާ ބިނގާވެ އުޅުމުގައި ދަތި މީހުންގެ މާކެޓް އެއީ ވަރަށް ބޮޑު މާކެޓެއްކަން މައުސޫމް ފާހަގަކުރެއްވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ އެފަދަ މީހުންނަށް ފަތުރުވެރިކަމުގެ އުފާ ލިބޭނެ ގޮތްތައް ރާއްޖޭގައި އަދި އޮތީ "ތާށި" ވެފައި ކަމަށެވެ.

"މިކަމަށް އަޅުގަނޑުމެން އެބަ ޖެހޭ ރެޑީވާން. އިންފްރާސްޓްރަކްޗާ މަތިންދާ ބޯޓުން ފައިބައިގެން އެއާޕޯޓް ތެރޭގައި، އެއާޕޯޓުން ލޯންޗަށް އެރުމާއި އެހެން ނޫނީ ސީ ޕްލޭނަށް އެރުމުގައި ވީލް ޗެއާ އެއްޗެއްސާ އެއްކޮށް. ދެން ރިސޯޓަކަށް ދިޔައަސް މީހުން އުޅޭ ރަށަކަށް ދިޔަޔަސް އެއީވެސް ހަމަ މުޖުތަމައުގެ މުހިންމު ބައެއް."