މިނިސްޓްރީ އޮފް ޓޫރިޒަމް

ޓޫރިޒަމް މިނިސްޓްރީގައި އިންޓާންޝިޕް ފުރުސަތުތަކެއް

Jan 18, 2022

ޓޫރިޒަމް މިނިސްޓްރީގައި އިންޓާންޝިޕް ފުރުސަތުތަކެއް މިއަދު ހުޅުވާލައިފި އެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އިންޓާންޝިޕްގައި ފުރުސަތު ދިނުމަށް ނިންމާފައިވަނީ ފަސް ފަރާތަކަށެވެ.

ޓޫރިޒަމް މިނިސްޓްރީ އަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 175 ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ.

އިންޓާންޝިޕަށް ހޮވަނީ ގްރޭޑް ދިހައެއް ނިންމާފައިވާ މީހުންގެ ތެރެއިން އިނގިރޭސި އަދި ދިވެހި ބަހަށް ފަރިތަ މީހުންނާއި ކޮމްޕިއުޓަރަށް އަހުލުވެރި މީހުންނެވެ.

އިންޓާންޝިޕަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ކަމާ ގުޅޭ ލިޔުންތައް ޓޫރިޒަމް މިނިސްޓްރީ އަށް އީމެއިލް އިން ފޮނުވަން ޖެހެނީ މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ކުރިންނެވެ.

އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރާ މީހުންނާ އެކަންޏެވެ. ޝޯޓްލިސްޓް ނުވާ މީހުންނަށް އެކަން އަންގާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.