ރައީސް މުހައްމަދު ނަޝީދު

"ރައީސާ އަޅުގަނޑު އެކުގައި ވާދަ ކުރާ ތަނެއް ނުފެނޭ"

Jan 19, 2022
4

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވާދަ ކުރައްވާ ހާލަތެއް ނޯންނާނެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސްރީލަންކާއަށް ވަޑައިގެން އިންޑިއާގެ "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުއެއް ގެ ތެރޭ އެ މަނިކުފާނު އިއްޔެ ވިދާޅުވީ ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ވިސްނުންފުޅަށް އެއްވެސް ބަދަލެއް ނުގެންނަވާ ކަމަށެވެ.

އެ މަނިކުފާނާއި ރައީސް ސޯލިހާއި ދެބޭފުޅުން އިންތިހާބެއްގައި އެއްބޭފުޅަކު އަނެއް ބޭފުޅަކާ ވާދަ ކުރައްވާތަން ފެނި ވަޑައި ނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ވެރިކަން ދަމަހައްޓާނެ ކަމަށާއި އެމްޑީޕީއަށް ވެރިކަމުގެ އިތުރު ދައުރެއް މުހިއްމު ކަމެއް ކަމަށެވެ.

މިހާތަނަށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށެވެ.

ދަ ހިންދޫއަށް ދެއްވި އިންޓަވިއުގައި ރައީސް އަބްދުﷲ ޔާމީނާއި އިންޑިއާ އައުޓް ކެމްޕޭނާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފައި ވެއެވެ.